ހިތަދޫގައި ރޯދަމަހު ކުނި ފީ މަޢާފްކޮށްދެނީ

މި ފެށޭ ރަމަޟާން މަހު ލ. ހިތަދޫގައި ކުނި ފީ މަޢާފްކޮށްދިނުމަށް ހިތަދޫ ކައުންސިލުން ނިންމައިފިއެވެ.
އެރަށު ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނީ ރަމަޟާން މަހު އާއްމު ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިއަހަރު މާރިޗު މަހުގެ ކުނި ފީ މަޢާފްކޮށްދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ހިތަދޫ ކައުންސިލުން ބުނީ މިއަހަރުގެ މާރިޗު މަހުގެ ކުނި ފީ ދައްކަން ނުޖެހޭނެ ކަމަށެވެ.