ލ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު މުންޑޫ ސުކޫލްގެ 3 ކުލާސް ރޫމް ޑިޖިޓަލް ކޮށްފި

ލ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ލ.މުންޑޫ ސުކޫލުގެ 3 ކުލާސް ރޫމް ޑިޖިޓަލް ކުރުމަށް ޓީވީ ހަރުކޮށްފިއެވެ. މިއި ލ.އަތޮޅު ކައުންސިލުން، ލ.އަތޮޅުގެ ސުކޫލުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ހިންގެވި ޕްރޮޖެކްޓުގެ ދަށުން މުންޑޫ ސުކޫލަށް ލިބުނު ފައިސާ އިން ކުރި މަސައްކަތެކެވެ. ސުކޫލުތަކުގެ ކުލާސްރޫމުތައް ޑިޖިޓަލް ކުރުމުން އުގަންނައި ދިނުމުގައި މުދައްރިސުން ލުއި ފަސޭހަވެ، ދަރިވަރުން ވެސް އުގެނުމަށް ދޭ ޝަޢުޤުވެރިކަން އިތުރުވެއެވެ.  މި ތިން ކުލާސް ރޫމު ޑިޖިޓަލް ކުރުމުން މުންޑޫ ސުކޫލްގެ ކުލާސްރޫމްތަކުގެ 66 ޕަސެންޓު ޑިޖިޓަލް ކުރެވުނީއެވެ. ލ.އަތޮޅު ކައުންސިލުން ދެއްވި މި ފަންޑުގެ ދަށުން މި ތިން ކުލާސް ރޫމް ޑިޖިޓަލް ކުރުމުގެ އިތުރުން ސުކޫލް ގޯތިތެރޭގައި ބޭނުން ކުރާނެ ދެ ބެންޗު ހަދައި ކުދިންނަށް ބޭނުން ކުރެވޭނެ ގޮތް މުންޑޫ ސުކޫލުން ވަނީ ހަދާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments