ގަދަ 16 ބުރުގައި ގަން ނިކުންނާނީ އިނގުރައިދުއާ ދެކޮޅަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ބުރުގައި ލ.ގަމާއި ރ.އިނގިރައިދޫ ބައްދަލުކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ގަދަ 16 ބުރުގެ ގުރު ނަގާފައިވަނީ ރޭ ކުޅުނު ޒޯން ފައިނަލް މެޗުތަކަށްފަހުއެވެ. އެގޮތުން، ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ، ހަތަރު ޕޮޓަކަށް ބަހާލައިގެންނެވެ.
ޒޯން ބުރުގެ ރަނަރަޕްކަން ގަމަށް ލިބުމާއެކު، ގަދަ 16 ބުރުގައި ކުޅެން ޖެހޭނީ ޒޯނެއްގެ ޗެމްޕިއަނާއެވެ. ގުރު ނަގައިގެން ގަމަށް ލައްވާލީ ރ. އަތޮޅުގެ އަދި ޒޯން ދޭއްގެ ޗެމްޕިއަން އިނގުރައިދުއެވެ.
އިނގުރައިދުއަކީ މިއަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް އެއް ޓީމެވެ. ގަމުން އިނގުރައިދުއާ ދެކޮޅަށް ނިކުންނާނީ އައު ހިތްވަރަކާއެކު، އިނގުރައިދޫ ބަލިކޮށް މުބާރާތުގައި ކުރިޔަށް ދިއުމަށެވެ.
ގަމާއި އިނގުރައިދޫ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ 20:00 ގައެވެ.