ގަމާއި މާބައިދޫ ހިމެނޭހެން 50 އަށްވުރެ ގިނަ ސްޓޯލްއާއެކު ރަށު އެކްސްޕޯ ފަށައިފި

ރަށްރަށުގެ ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތް ޕްރޮމޯޓްކުރުމަށްޓަކައި ބާއްވާ ”ރަށު އެކްސްޕޯ“ ލ.ގަމާއި ލ.މާބައިދޫ ހިމެނޭހެން 50 އަށް ވުރެ ގިނަ ސްޓޯލްއާއެކު ފަށައިފިއެވެ.

މިއަހަރުގެ އެކްސްޕޯގައި 25 އަށްވުރެ ގިނަ ރަށްރަށާއި ކުންފުނިތަކުން ބައިވެރިވެފައިވާއިރ ލާމު އަތޮޅުން، ސްޓޯލް ތައްޔާރުކުރީ ލ. ގަމާއި ލ. މާބައިދޫއިންނެވެ.

މި ސްޓޯލުން ރަށުގައި ހުރި މުހިއްމު ވަސީލަތްތަކާއި ރަށުގައި ޤާއިމް ކުރެވިފައިވާ ޚިދުމަތްތަކުގެ ތަފްސީލް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މިހާރުވެސް ހޯމް ސްޓޭގެ ގޮތުގައި ބޭނުންކުރެވޭ ތަންތަނުގެ މައުލޫމާތާއި ރަށުގެ އާސާރު ތަކާއި ޤުދުރަތީ ގޮތުން ރަށަށް ލިބިފައިވާ ވަސީލަތްތަކުގެ މައުލޫމާތު ރަށު އެކްސްޕޯ އިން ލިބިގެންދާނެއެވެ. މިއަހަރު ގަމު ކައުންސިލުން ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު، މިފަދަ އެކްސްޕޯގައި ބައިވެރިވެގެން ރަށް އިތުރަށް ޕްރޮމޯޓް ވުމަށް މަގުފަހިވެގެންދާނެއެވެ.

މި އެކްސްޕޯ ތެރޭގައި ރަށުގެ ގެސްޓް ހައުސް އަދި އެހެނިހެން ލޯކަލް ޕެކޭޖްތައް ވިއްކާލުމުގެ ފުރުސަތު ލިބިގެންދެއެވެ. މި އެކްސްޕޯއަށް ދާއިރާތަކުގެ ވިޔަފާރިވެރިންނާއި ގިނަ އަދަދެއްގެ އާއްމު ފަރާތްތަކުން ދަނީ ޒިޔާރަތްކުރަމުންނެވެ.

ރަށު އެކްސްޕޯ އަކީ މާކެޓިން ފާމެއްކަމަށްވާ ދަ ޓްރެވަލް ގައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިބާވަތުގެ ފުރަތަމަ އިވެންޓެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހު 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް ބަހައްޓާފައިވެއެވެ. ރަށްރަށުން ދަނީ އެ ރަށްރަށުގެ ޚާއްސަ ކަންކަމާއި، ރަށްރަށުގެ ސަގާފަތް އަދި އެރަށަކަށް ހާއްސަ ކާބޯތަކެތިވެސް ދައްކާލަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments