އަގުހުރި ފައިސާގެ އިނާމުތަކާއިއެކު އަރަފާ ޓްރޭޑަރސްގެ ރޯދަ ސޭލް ފަށައިފި

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އަރަފާ ޓްރޭޑަރސް އިން ބަދިގޭ ސާމާނަށް ޚާއްސަކޮށްގެން ރޯދަ ސޭލް ފަށައިފިއެވެ.
އަރަފާ ޓްރޭޑާރސްގެ ރޯދަ ސޭލް ހޮނިހިރު ދުވަހު 16:00 ގައި ފަށާފައިވާއިރު، މި ރޯދަ ސޭލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 21 އާ ހަމައަށެވެ. އެގޮތުން 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިން ހޮވައި، އަގުހުރި ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަދިގޭ ސާމާނު 50 ޕަރސެންޓްގެ ޑިސްކައުންޓާއެކު ލިބޭނެއެވެ.
ނަސީބުވެރި އެއްވަނަ އަށް ހޮވޭ ފަރާތަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ އަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ ލިބޭނެއެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1500 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން، ވިޔާފަރިކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ހަތް ފަރާތަކަށް ތެލި ސެޓެއް ވެސް ލިބޭނެއެވެ.
އަރަފާ ޓްރޭޑާސް އަކީ ލ.އަތޮޅުގައި ފުޅާދާއިރާއެއްގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ކުރަމުންދާ ފަރާތަކެވެ.