ރަށު އެކްސްޕޯގައި ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ އެންމެ ރަނގަޅު ހުށަހެޅުމަކަށް ލ.ގަން!

ރަށު އެކްސްޕޯގައި ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ އެންމެ ރަނގަޅު ހުށަހެޅުމަކަށް ލ. ގަން ކައުންސިލްގެ ހުށަހެޅުން ހޮވިއްޖެއެވެ.

ރަށު އެކްސްޕޯގައި ލާމު ގަން ކައުންސިލުން ވަނީ ރަށް ޕްރޮމޯޓް ކުރުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ކައިވެނި މައްޗަށް ދާ ގޮތް އަދި ދަފި ނެގުން ވެސް ވަނީ ދައްކާލާފައެވެ. މި ހަރަކާތް ކުރިއަށްގެންދިޔައީ ލ. ގަމުގެ “ފަރިގޮމަ” ޓީމުންނެވެ. މި ހުށަހެޅުމަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ރަށު އެކްސްޕޯގެ ތެރޭގައި ލ.ގަމުގެ ސްޓޯލުން ވަނީ ރަށުގައި ތައްޔާރުކުރާ ކާއެއްޗެހީގެ ރަހަ އާންމުންނަށް ދައްކާލާފައެވެ. އެގޮތުން، ގޭގައި ތިބޭ އަންހެނުން ތައްޔާރުކުރާ ކާއެއްޗެހި ގަނެގެން، ރަހަ ބަލާލުމުގެ ފުރުސަތުވެސް ގަމު ސްޓޯލުން ވަނީ ފަހިކޮށްދީފައެވެ. މީގެއިތުރުން، ގަމުގައި ދަނޑުހައްދާ  ބާވަތްތައް ވެސް ދައްކާލައި، ރަށުގައި އުޅޭ ދަނޑުވެރިންނާއި ގުޅޭ މައުލޫމާތު ވެސް ވަނީ އާންމުންނަށް ފޯރުކޮށްދީފައެވެ.

ރަށު އެކްސްޕޯގެ ސަބަބުން ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަށް ވަރަށް ފަހި ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ޚާއްސަގޮތެއްގައި ރަށުގައި ޓެކްސީ ކުރާ ފަރާތްތަކާއި ގެސްޓްހައުސާއި ރެސްޓޯރެންޓާ ގުޅޭ މައުލޫމާތު ވެސް ގަމު ސްޓޯލުން ވަނީ ފޯރުކޮށްދީފައެވެ.

ލ.ގަން ކައުންސިލުން ފާހަގަކުރީ ރަށު އެކްސްޕޯ ވެގެންދިޔައީ ރަށް ޕްރޮމޯޓްކުރުމަށް ވަރަށް ކާމިޔާބު އިވެންޓެއްގެ ގޮތުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments