ރޯދަމަހު މަސައްކަތުގެ ރަސްމީ ގަޑިއަކީ ހެނދުނު 09:00 އިން މެންދުރު 1:00 އަށް!

މިފެށޭ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ކުރީ އަހަރުތަކެކޭ އެއްގޮތަށް ހެނދުނު 09:00 އިން މެންދުރު 01:00 އަށް ކަމަށް ރައީސް އޮފީހުން އިއުލާނުކޮށްފިއެވެ.

ރައީސް އޮފީހުން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ވެސް ހެނދުނު 09:00 އިން މެނދުރު 01:00 ކަމަށް ކަނޑައަޅާފައެވެ.

މީގެ ކުރީއަހަރުތަކުގައި ވެސް  މިގޮތަށް އަމަލުކުރަމުން އަންނަ އިރު، މި އުސޫލަކީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލެވެ.

ރަމަޟާން މަހުގެ މަސައްކަތުގެ ގަޑީ ކުރު ކުރުމުގެ މަގްސަދަކީ މަސައްކަތުގައި އުޅޭ ފަރާތްތައް ވެސް ދީނީ ކަންކަމުގައި ޝާމިލުވެ އުޅެން ފުރުޞަތު ފަހިކޮށްދިނުމެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 ބަންދުކުރެއްވުމަށްވެސް ނިންމަވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments