އިސްދޫ ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހައްދުންމަތީ އިސްދޫ ކައުންސިލްގެ 3 ވަނަ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރަށުގެ ފަރުދުންނާއި، ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތްކުރުމެވެ. މި މުބާރާތް ހުޅުވާލާފައިވަނީ އިސްދޫ ސްކޫލާއި ، އިސްދޫ ކައުންސިލް ޕްރީ ސްކޫލް ދަރިވަރުންނަށާއި އިސްދޫގެ އާންމު ފަރުދުންނަށެވެ.

އެގޮތުން، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ މާރިޗު މަހުގެ 17 އިން 19 ގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ  ސުންގަޑި އަކީ  މިއަންނަ މަހުގެ 6 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އިސްދޫ ކައުންސިލް އިދާރާ، އިސްދޫ ކައުންސިލްގެ ވެބްސައިޓް އަދި އިސްދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. ހަމަމިއާއެކު ފޯމާއެކު ބައިވެރިވާން އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments