ގަމު ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން މިމަހުގައި ބާއްވަނީ

ލ.ގަމު ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން މިމަހު ގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 20:30 ގައި ކައުންސިލް އިދާރާގައެވެ. ގަމު ކައުންސިލުން ބާއްވާ މި ބައްދަލުވުމުގައި މިދިޔަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯޓް ރައްޔިތުންނާ ހިއްސާކުރުމާއި މިދިޔަ އަހަރުގެ މާލީ ރިޕޯޓް ރައްޔިތުންނާ ހިއްސާކުރުން އަދި ރައްޔިތުންގެ ސުވާލަށް ޖަވާބުދިނުން ހިމެނެއެވެ.
ގަމު ކައުންސިލުން ވަނީ މިބައްދަލުވުމަށް ވަޑައިގެންދެއްވުންއެދި ގަމުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.