އަހަރުތަކަކަށްފަހު ބޮޑުފިނޮޅު ގަމު ކައުންސިލަށް ދީފި

ލ. އަތޮޅު ގަމުގެ އުތުރުގައި އޮންނަ ބޮޑުފިނޮޅު އަހަރުތަކަކަށްފަހު ގަމު ކައުންސިލަށް ދީފިއެވެ.
ބޮޑުފިނޮޅު ގަމު ކައުންސިލާ ހަވާލުކުރީ، ޓްރެއިނިންގް ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ބޮޑުފިނޮޅުގެ ބިން ދިންތާ 17 އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ރިސޯޓް ހެދުމަށްޓަކައި އެ ސަރަހައްދުގައި މަސައްކަތް ފެށުނު ނަމަވެސް، މަސައްކަތް އޮތީ އަހަރުތަކެއް ފަހަނައަޅައި ދިޔައިރުގައިވެސް ހުއްޓިފައެވެ.
ގަމު ކައުންސިލްގެ އިހުރިތިސާށް ބަދަލު ގެނެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަރާރެއް ނެރުއްވާފައެވެ. އެގޮތުން، އެ ގަރާރުގައި ގަމު ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ބޮޑު ފިނޮޅު ވަނީ ހިމަނުއްވާފައެވެ.
ގަމު ކައުންސިލުން ވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުންވެސް، ބޮޑުފިނޮޅު ކައުންސިލާ ހަވާލުކުރުމަށް އެދިފައެވެ. ގަމު ކައުންސިލްގެ ވިސްނުން ހުރީ އެ ބިމުގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ގެސްޓްހައުސް އެޅުމަށް ބިން ދޫކުރުމެވެ.
ބޮޑުފިނޮޅުގެ މަޝްރޫއަކީ މީގެ 17 އަހަރު ކުރިން، ލ. އަތޮޅުގައި ޓޫރިޒަމް ޓެރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަވާލު ކުރި މަޝްރޫއެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަރައްގީކޮށް ބިނާކުރުމަށް ރިސޯޓެއް ތަރައްގީ ކުރުމަށް 2008 ގައި އޭރުގެ ސަރުކާރުން އެ މަސައްކަތް ހަވާލު ކުރީ މާލޭގެ މޭޔަރުކަން ކުރި ސަރަންގު އާދަމް މަނިކާއި ޕްރިމިއަ އިކުއިޓީ ކުންފުންޏާއެވެ.