ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އިގުރާރުގައި ސޮއިކުރައްވައިފި

ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމަށް އަލަށް އިންތިހާބުވި، އާމިނަތު އަފްރާހް (އަފްރާ) އިގުރާތުގައި ސޮއިކުރައްވައިފިއެވެ.

ލ.ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި- އިލެކްޝަންގެ ގޮނޑި ކާމިޔާބުކޮށް ޕީއެންސީގެ ކެނޑިޑޭޓު އަފްރާ އިގުރާރުގައި ސޮއިކުރެއްވީ މިއަދު ގަމު ކައުންސިލުގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައެވެ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އަފްރާ ކާމިޔާބުކޮށްފައިވާއިރު، އޭނާއާ ވާދަކޮށްފައިވަނީ އިދިކޮޅުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީއިން އައިޝަތު އަލީއެވެ.

ގަމު ންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބޭއްވީ ކުރީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފާތިމަތު އަލީ ގަމު ކައުންސިލް މެންބަރަކަށް ބަދަލުވުމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments