މާވަށު މަސްވެރިންގެ ޚާއްޞަ ދަޢުވަތެއް ގަމު މަސްވެރިންނަށް!

ލ.މާވަށު މަސްވެރިން ގަމުގެ މަސްވެރިންނަށް ރޭގަނޑުގެ ކެއުމަކާ އެކު، އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅުމަށް ދަޢުވަތު އަރުވައިފިއިއެވެ. ގަމު މަސްވެރިން މި ދަޢުވަތު ޤަބޫލުކޮށް، މާވަށަށް ފުރުން އޮތީ މިއަދު 13:30 ގައި ގަމު ތުނޑީ އަވަށު ބަނދަރުން ކަމަށާއި މި ދަތުރު ކުރާނީ ’ރަންދޯދި‘ ދޯނީގައި ކަމަށް، އަދި ސަޕޯޓަރުން ދަތުރު ކުރަން ބޭނުންވާ ނަމަ އެ ފުރުޞަތު ވެސް އޮތް ކަމަށް ގަމުގެ މަސްވެރިން މަޢުލޫމާތު ދެއްވައެވެ.
މިއީ ހޮރައިޒަން ފިޝަރީޒްއާ ދެކޮޅަށް ތ ލ ގެ މަސްވެރިން މި މަހުގެ 12 އިން 14 އަށް ލ.މާންދޫގައި ކުރި އިހްތިޖާޖު ނިންމާލުމަށް ފަހު، ދެ ރަށުގެ މަސްވެރިން ގުޅުން ބަދަހި ކޮށްލުމަށް ހިންގާ ޙަރަކާތެކެވެ. މި އިހްތިޖާޖުގެ ތެރެއިން ތ ލ މަސްވެރިންގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.
އެގޮތުން އިހްތިޖާޖާހުގެ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ލ.ހިތަދޫ ކަނބަލުން ވަނީ އިހްތިޖާޖުގެ ބައިވެރިންނަށް ފަރިއްކޮޅެއް އަރުވާފައެވެ. އަދި ލ.މާމެންދޫގެ މަސްވެރިންގެ ރޫޙް ޖަމިއްޔާ އާއި އެ ރަށުގެ ކަނބަލުން ވަނީ އިހްތިޖާޖުގެ ބައިވެރިންނަށް ހަވީރުގެ ސައިފޮދެއް އަރުވާފައެވެ.
މި އިހްތިޖާޖު ކުރިއަށް ގެންދިއުމުގައި ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާގެ މިހާރުގެ ރައީސް ޙުސައިން ޙަނީފާއި ކުރީގެ ރައީސް ޢަލީ ޙަފީޡްގެ އިސްނެންގެވުމާއި ކުރެއްވި ބުރަ މަސައްކަތް، އިހްތިޖާޖުގެ ބައިވެރިން ފާހަގަ ކުރައްވައެވެ.