ރޯދަ މަހުގައި ފެރީތަކުގެ ދަތުރުތައް އިރުއޮއްސުމުގެ ކުރިން ނިމޭނެ!

އަންނަ ރަމަޟާން މަހުގައި ފެރީތަކުގެ ދަތުރުތައް އިރުއޮއްސުމުގެ ކުރިން ނިމޭގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބަދަލު ގެނެސްފިއެވެ.
އެމްޓީސީސީއިން މިގޮތަށް ބަދަލު ގެނެސްފައިވަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތްތަކަށް ވީހާވެސް ބޮޑަށް ލުއިފަސޭހަ ގޮތެއް ހަމަޖައްސައިދުނުމަށެވެ. އެމްޓީސީސީއިން އަތޮޅު ފެރީގެ ޚިދުމަތަށް ގެނައި ބަދަލުތަކަށް ބަލާއިރު، 20 އަތޮޅެއްގައި 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ދަތުރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، ކޮންމެ ރޫޓެއްގެ ވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިން ނިމޭގޮތަށް ވަނީ ތާވަލުކޮށްފައެވެ. ހަމަމިއާއެކު، ރަމަޟާން މަހުގެ ހުކުރު ދުވަސްތަކުގައި އާރްޓީއެލް ފެރީ ދަތުރުތައް ނުހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހުގެ ފެރީ ދަތުރުތަކުގެ ތާވަލު އެމްޓީސީސީއިން ވަނީ އެކުންފުނީގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށްފައެވެ.