ލާމު އެމްވީ ސުފުރާ: ރިހާކުރު ފޮޅި

ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ފުށް
  • 1/2 ޖޯޑު ހަނޑޫ ފުށް
  • 1/3 ޖޯޑު ރޮނދު ކާށި
  • 1/2 ޖޯޑު މުރަނގަ ފަތް
  • 3 ސަމުސާ ބަޓަރު (ވިރުވާފައިވާ)
  • 1ފިޔާ (ތުނިކޮށް ކޮށާފައި)
  • 5 ހިކަނދިފަތް (ކުދިކޮށް ކޮށާފައިވާ)
  • 1/3 ސަމުސާ އިންގުރު
  • 1 ލުނބޯ
  • 2 މިރުސް (ކުދިކޮށް ކޮށާފައިވާ)
  • 1/3 ސަމްސާ ރީންދޫ
  • 1/3 ސަމުސާ އަސޭ މިރުސް
  • 1 ބިސް
  • ފެން
  • ލޮނު ހެޔޮވަރުކުރުމަށް

ސާރވިން : 1

ތައްޔާރުކުރާނެ ގޮތް 
ބަޓަރު މައިކްރޯވޭވްގައި ނުވަތަ އަލިފާނުމަތީގައި ވިރުވާލާށެވެ. ބޭނުންކުރުމުގެ ކުރިން 5 މިނެޓު ވަރު ހިހޫ ވަންދެން ބަހައްޓާށެވެ. އަދި ފިޔާ، އިންގުރު، ހިކަނދިފަތް، މިރުސް، ލުނބޯ،ރީންދޫ، އަސޭ މިރުސް އަދި ލޮނު އެއްކޮށް މޮޑެލާށެވެ. މިކްސްޗަރަށް ކާށި އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ރިހާކުރާއި މުރަނގަ ފަތް އަޅާ އަނެއްކާވެސް އެއްކޮށްލާށެވެ. މިކްސްޗަރަށް ފުށާއި، ހަނޑޫ ފުށާއި، ބަޓަރު އަދި ބިސް އަޅާށެވެ. އަނެއްކާވެސް ދެ ބައި އެއްކޮށްލާށެވެ. މިކްސްޗަރ މާ ހިކިނަމަ ކުޑަކޮށް ފެން އަޅާށެވެ. މިކްސްޗަރ ސަމުސާއަކުން ފަސޭހައިން ފެތުރޭވަރުގައި ހުންނަންވާނެއެވެ. މެދުމިން ހޫނުމިނެއްގައި ނޮން-ސްޓިކް ތަވައެއް ހޫނުކުރާށެވެ. ތަވާ މަތީގައި ކުޑަކޮށް ބަޓަރު އުނގުޅާލާށެވެ. ތަވާ މެދަށް މިކްސްޗަރުގެ ދެ  ސަމުސާ އަޅާށެވެ. ސަމުސާގެ ފަހަތް ބޭނުންކޮށްގެން ފޮޅި ވަށްކޮށް ފަތުރާލާށެވެ. ފޮޅީގެ ދަށްފުށް މުށި ކުލައަކަށް ބަދަލުވުމުން، ފޮޅި ދެބައިކޮށް ތަވާއިން ނަގާށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments