ލާމު އެމްވީ ސުފުރާ : ކޮފީ ބިސްކަޓް ޕުޑިން

ބޭނުންވާ ތަކެތި:
- މާރީ ބިސްކޯދު – ގާތްގަނޑަކަށް 1 ޕެކެޓް
- 5 މޭޒުމަތީ ސަމުސާ ހަކުރު
- 3 މޭޒުމަތީ ސަމުސާ ކޯންފްލޯރ
- 3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
- 4 މޭޒުމަތީ ސަމުސާ އިންސްޓަންޓް ކޮފީ ޕައުޑަރު
- ނަޓްސް – ޒީނަތްތެރިކުރުމަށް
- 2 ތަށި ފުލްކްރީމް ކިރު
ތައްޔާރުކުރާނެ ގޮތް
އިންސްޓަންޓް ކޮފީ ޕައުޑަރު 3 މޭޒުމަތީ ސަމުސާ ހޫނު ފެނާއެކު ގިރާލާށެވެ. މާރީ ބިސްކޯދުގެ ދެފަރާތް މި ކޮފީގައި އަޅާލުމަށްފަހު ސާރވް ކުރާ ތަށީގައި އަތުރާލާށެވެ. މުޅި ޕެކެޓް ހުސްވަންދެން މިގޮތަށް ކުރިއަށް ގެންދާށެވެ. އެހެން ތަށްޓެއްގައި، ކޮކޯ ޕައުޑަރާއި ކޯންފްލާ އެއްކޮށްލާށެވެ. ވަރަށް މަދު ކިރު ފޮދެއް ބޭނުންކޮށްގެން، ގަނޑު ނުހެދޭ ގޮތަށް ޕޭސްޓެއް ހަދާލާށެވެ. ތަށްޓެއްގައި ކިރު އަޅައި ހަކުރު އެއްކޮށްލުމަށްފަހު ކައްކާލާށެވެ. އޮލަ ގަދަވާން ފެށުމުން، ކުރިން ހަދާލި ކޮކޯ-ކޯންފްލޯރ ޕޭސްޓް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތަށްޓަށް އަޅާލެވޭ ވަރުގެ ބޯމިނަކަށް އާދެވުމުން އަލިފާން ނިއްވާލާށެވެ. އަދި ހޫނުކޮށް ހުއްޓާ، ބިސްކޯދުގެ މައްޗަށް އަޅާލާށެވެ. ހުރިހާ ބިސްކޯދެއް ނިވާވާ ގޮތަށް އަޅާލަންވާނެއެވެ. މީގެ މައްޗަށް ނަޓްސް އަޅާލުމަށްފަހު 2-3 ގަޑިއިރު ފިނިކޮށްފައި ބަހައްޓާށެވެ. އަދި ފިނިކޮށް ސަރވް ކުރާށެވެ.