ލާމު އެމްވީ ސުފުރާ : ހަނީ ގާލިކް ޗިކަން

ބޭނުންވާ ތަކެތި:
ކުކުޅު ތައްޔާރުކުރުމަށް:
- ބޯންލެސް ކުކުޅު (ބޭނުންވާވަރަށް)
- އޮލިވް އޮއިލް
- 1/4 ޖޯޑު ކޯންފްލާ
ހަނީ ގާލިކް ސޯސް ތައްޔާރުކުރުމަށް:
- 1/4 ޖޯޑު މާމުއި
- 3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
- 2 މޭޒުމަތީ ސަމުސާ ރައިސް ވިނެގަރު
- 3 ލޮނުމެދު (ކުދިކޮށްކޮށާފައި)
- އިނގުރުކޮޅެއް (ގާނާފައި)
- 1 މޭޒުމަތީ ސަމްސާ ލުނބޯ ހުތް (ބޭނުންވާވަރަކަށް)
- 1/2 މޭޒުމަތީ ސަމްސާ ސެސަމީ ތެޔޮ
- އޮޔިސްޓަރ ސޯސް
- އޮލިވް އޮއިލް
ޒީނަތްތެރިކުރުމަށް (އިޚްތިޔާރީ):
- ސެސަމީ ސީޑްސް
- ފިޔާ، ކުދިކޮށް ކޮށާފައި
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ކުކުޅުގައި ލޮނާއި ބްލެކް ޕެޕަރ ލާފައި، ކޯންފްލާ އުނގުޅުމަށްފަހު އިތުރުވާ ބައި ފޮޅާލާށެވެ. އަދި ބޮޑު ތެއްޔެއްގައި މެދުމިނުގެ ހޫނުމިނެއްގައި އޮލިވް ތެޔޮ ހޫނުކޮށް، ކުކުޅުތަށް ރަން ކުލައަށް އަރަންދެން ރޯސްޓްކުރާށެވެ. ކުކުޅު ރަނގަޅަށް ރޯސްޓުވުމުން، އެހެން ތަށްޓަކަށް ނަގާށެވެ. ކުކުޅު ރޯސްޓުކުރީ ތެއްޔަށް އިތުރު އޮލިވް ތެޔޮ ފޮދެއް އަޅާފައި، ކުދިކޮށް ކޮށާފައިވާ ލޮނުމެދާއި ގާނާފައިވާ އިނގުރު އަޅާ، އިރުކޮޅެއް ވަންދެން ރަހަލަންދެން ކައްކާލާށެވެ. ދެން މާމުއި، ސޯޔާ ސޯސް، އޮޔިސްޓަރ ސޯސް، ހަނޑޫ ވިނެގަރު، ލުނބޯ ހުތް އަދި ސިސެމީ ތެޔޮ އަޅާށެވެ. ސޯސް ކުޑަކޮށް ކެކޭ ވަރަށް ހޫނުކޮށް، 3-4 މިނިޓު ވަންދެން ކައްކާލާށެވެ. ދެން ކުރިން ކައްކާފައިވާ ކުކުޅު މި ތެއްޔަށް އަޅާ، ސޯހާއެކު ރަނގަޅަށް އެއްކޮށްލާށެވެ. ކުކުޅު ރަނގަޅަށް ހޫނުވެ، ސޯސް ރަނގަޅަށް އެއްވުމުން އިތުރު 1-2 މިނިޓު ވަންދެން ކައްކާށެވެ. އެންމެ ފަހުން، ބޭނުންވާނަމަ ސެސަމީ ސީޑްސް އަދި ކުދިކޮށް ކޮށާފައިވާ ފިޔާ އަޅާ ޒީނަތްތެރިކޮށް، ބަތް ނުވަތަ ރޮށްޓާއި އެކު ކެއުމަށް ތައްޔާރުކޮށްލާށެވެ.