ރޯދަމަހަށް ޚާއްސަކޮށްގެން ކުނަހަންދޫގައި މަދަހަ އަދި ޤުރުއާން މުބާރާތެއް ބާއްވަނީ

ރޯދަމަހަށް ޚާއްސަކޮށްގެން ލ.ކުނަހަންދޫގައި މަދަހަ އަދި ޤުރުއާން މުބާރާތެއް ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކުނަހަންދޫ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ ކުނަހަންދޫ ރައްޔިތުންގެ ހިތުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ޢާލާކޮށް ދިރުވައި އަދި އެފަންނު ތަރައްޤީކުރުމުގެ މަޤްސަދުގައި މި ކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ދާނީ 22 މާރިޗް 2025 އިން 23 މާރިޗް 2025ގެ ނިޔަލަށެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަލައިގެން އަދި ނުބަލައި ނުބަލައި ކިޔެވުމުގެ ބައިންނެވެ. މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް ބަހާފައިވާގޮތާއި މުބާރާތުގެ ޤަވާއިދުވެސް ވަނީ އިއުލާނާއެކު ގެޒެޓްކޮށްފައެވެ.

ކުނަހަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން މަދަހަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 މާރިޗު ވާ އާދީއްތަ ދުވަހުގައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުމުރު ފުރާތަކަށާއި ގްރޫޕް މަދަހަ ތަކަށެވެ. މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް ބަހާފައިވާގޮތާއި ގަވާއިދު ވަނީ އިއުލާނާއެކު ގެޒެޓްކޮށްފައެވެ.

ކުނަހަންދޫ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ 09 މާރިޗް ވާ އާދީއްތަ ދުވަހު 14:00 އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments