އިސްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ލ.އިސްދޫ ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 19 ގެ ނިޔަލަށެވެ. މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ރަށުގެ ފަރުދުންނާއި، ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުމަށް މަސައްކަތްކުރުމެވެ.

މި މުބާރާތް ހުޅުވާލާފައިވަނީ އިސްދޫ ސްކޫލާއި، އިސްދޫ ސުކޫލްގެ ޕްރީސްކޫލް ދަރިވަރުންނަށާއި، އިސްދޫގެ އާންމު ފަރުދުންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށެހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 13:00 އެވެ. ބައިވެރިވުމަށް އެދޭ ފޯމު އިސްދޫ ކައުންސިލް އިދާރާ، އިސްދޫ ކައުންސިލްގެ ވެބްސައިޓް އަދި އިސްދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް އިން ލިބެން ހުންނާނެއެވެ.

ޖުމްލަ ތިން ކެޓެގަރީ އަކަށް ބަހާލައިގެން މި މުބާރާތް ކުރިޔަށްދާއިރު، ކޮންމެ ކެޓެގަރީ އަކުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ޓެބްލެޓެއް ލިބޭއިރު، ދެވަނަ ހޯދާ ފަރާތަކަށް 1500 ރުފިޔާ އަދި ތިންވަނަ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ގަވާއިދު ވަނީ އިއުލާނާއެކު ގެޒެޓްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments