ފޮނަދޫ ފެން ޕްލާންޓުން ފެން ހުސްވެއްޖެ

ހައްދުންމަތީ ފޮނަދޫ ފެނަކަ ބްރާންޗުގެ ބެލުމުގެ ދަށުގައިވާ ފެން ޕްލާންޓުން ފެން ހުސްވެއްޖެއެވެ.

ފެން ޕްލާންޓުން ފެން ހުސްވެ، ހިދުމަތް ކެނޑިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބްރޭން ހަލާކުވެ، ޕްލާންޓު ނުހިނގާތާ މިހާރު ދެ ހަފުތާ ވެއްޖެއެވެ. އަދި މެމްބްރޭން ހޯދުމަށް ފެނަކަ ހެޑް އޮފީހަށް އެދިފައިވާތާވެސް މިހާރު ދެ ހަފުތާ ވެއްޖެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފެނަކަ ފޮނަދޫ ބްރާންޗުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދުގެ ވަގުތެއްގައި މެމްބްރޭން ލިބޭނެއެވެ. އަދި މެމްބްރޭން މިއަދު ލިބިއްޖެނަމަ، މައްސަލަ ހައްލުކުރުމަށްފަހު މިރޭގެ ވަގުތެއްގައި ގޭބިސީތަކަށް ފެން ދޫކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ފޮނަދޫ ގިނަ އަދަދެއްގެ ގޭބިސީތަކުގައި ވޯޓާ ޕިޔުރިފަޔާ ބާނުންކުރާއިރު، ރަމަޟާން މަހާ ދިމާކޮށް މިފަދަ މައްސަލަތައް ދިމާވުމަކީ ރައްޔިތުންނަށް ދިމާވާނެ ބޮޑު ތަކުލީފެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdullah
Abdullah
1 year ago

Maamendhoo ah fen libunu dhuvahi ves neyge, ei vaaahaka thi habaruga jahaalan v noon tho