އިސްދޫގައި ފެންބޮޑުވެ، ނަޖިސްފެން މުޅި ރަަށަށް ލީކުވަނީ

މިހާރު ކުރަމުންދާ ވިއްސާރައިގައި، އިސްދޫގައި ފެންބޮޑުވެ މުޅި ރަށަށް ނަޖިސްފެން ލީކުވެއްޖެއެވެ.
އެގޮތުން، ވިއްސާރައިގެ ސަބަބުން މުޅި ރަށުގައި ފެންބޮޑުވެ ގޭގެ އަށާއި ޕޮލިސް ސްޓޭޝަން ތެރެއަށް ފެންވަދެ މުދާލާއި ތަކެއްޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންވެފައެވެ.
އެހީތެރިކަން ބޭނުންވެގެން ރިޕޯޓްކުރި 25 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާއިރު، 22 ގެއަކާއި ރަށުގެ ޕޮލިސް ސްޓޭޝަންގެ ތެރެއަށް ފެން ވަނުމުގެ ސަބަބުން ގޭގެއާއި ސްޓޭޝަންގެ ހިފައި ގެންގުޅޭ ތަކެއްޗާއި މުދަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. އަދި އެތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މުޅި ރަށުގައި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ނިޒާމުގެގެ ނަޖިސްފެން މުޅި ރަށަށް ވަނީ ލީކުވެފައެވެ. ފެންބޮޑުވެ، ރަށުގެ އާންމު ހާލަތު ވަނީ ސިއްހަތަށް ނުރައްކާވާ ހާލަތަށް ގޮސްފައެވެ. މިއަދު މެންދުރުފަހު ވަގުތެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޓީމެއްގެ އެހީތެރިކަމާއި އެކު ރަށުގެ ފެން ހިއްކަން ވަނީ ފަށާފައެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. މިއީ ފަހިގެ ތާރީޚެއްގައި އިސްދޫގައި މިވަރަށް ފެންބޮޑުވި ފުރަތަމަ ފަހަރެވެ.