ލާމު އެމްވީ ސުފުރާ : ކެރަމަލް ފޮޅި

ބޭނުންވާ ތަކެތި
- 2 ބިސް
- ގެރިކިރު ދަޅުގެ ދެބައިކޮށްފައި އެއްބައި
- 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
- ބަޓަރު
ތައްޔާރުކުރާނެ ގޮތް
އުލެއް ބޭނުންކޮށްގެން ތަށްޓެއްގައި ހުރިހާ ތަކެތި އަޅާ ރަނގަޅަށް އެއްކުރާށެވެ. އެއްކޮށް ނިމުމުން ތަވައެއް ހޫނުކޮށް، ބަޓަރު ނުވަތަ ތެޔޮ އުނގުޅާލާށެވެ. މެދުމިން ހޫނުމިނެއްގައި ތަވާ ބަހައްޓައި، ތައްޔާރުކޮށްފައިވާ މިކްސްޗަރ ތަވަޔަށް އަޅާށެވެ. އަދި ވަށްކޮށް ފަތުރާލާށެވެ. ކުދި ބޮކިތަކެއް ފެންނަން ފަށާނެއެވެ. އެއީ ފޮޅި އޮޅާލަން ޖެހޭ ވަގުތު އައިސްޖެހުނު ކަމުގެ ނިޝާނެވެ.