ބައިސަން އިން ގަމުގެ ރައްޔިތުންނަށް ބާސްމަތީ ހަނޑޫ ހަދިޔާކުރަނީ

ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ލ.ގަމުގެ ރައްޔިތުންނަށް ބާސްމަތީ ހަނޑޫ ހަދިޔާ ކުރުމަށް ނިންމައިފިއެވެ.
ބައިސަންގެ ހެޔޮ އެދުންތަކާއެކު ރަށުގެ ރައްޔިތުންނަށް ބެހުމަށް އެކުންފުނިން އިއްޔެ ވަނީ 730 ބަސްތާ ބާސްމަތީ ހަނޑޫ ގަމު ކައުންސިލާ ހަވާލުކޮށްފައެވެ.
މިކަމާއި ގުޅިގެން ގަމު ކައުންސިލުން ވަނީ ގަމުގެ ރައްޔިތުންގެ ނަމުގައި ބައިސަން ކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ބައިސަން އަކީ ގަމުގައި އެންމެ ކުރިއަރާފައިވާ ގެސްޓްހައުސް ކަމަށްވާ ރިވެރީސް ހިންގާ މައި ކުންފުންޏެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ ރަށުގައި އިތުރު ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ގަމު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.