ފޮނަދޫ ކައުންސިލުން ދެ މިސްކިތެއްގައި ވިނައިލް އަޅައިފި

ލާމު ފޮނަދޫ ކައުންސިލުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ދެ މިސްކިތެއްގައި ވިނައިލް އަޅައިފިއެވެ.

ފޮނަދޫ ކައުންސިލުން ވިނައިލް އަޅާފައިވަނީ މަސްޖިސުލް ޢުލާ އާއި މަސްޖިދުލް ބިލާލްގައެވެ. ފޮނަދޫ ކައުންސިލުން މި މަސައްކަތް އެރިސް ޑެކަރ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ އަގު 66،7305 ރުފިޔާއަށް އަރައެވެ.

ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ މި ދެ މިސްކިތުގެ އިތުރުން ރަމަޟާން މަހުގެ ނިޔަލަށް ޝަހީދު އަލީ މިސްކިތުގައި ވިނައިލް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ. ފޮނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މި މަސައްކަތަކީ ކައުންސިލްގެ މަސައްކަތުގެ ތާވަލްގައި ހިމަނައިގެން ކުރެއްވި މަސައްކަތެއް ކަމަށާއި މި މަސަައްކަތުގެ އިތުރުންވެސް ރަމަޟާން މަހަށް ޚާއްސަކޮށްގެން އެރަށުގެ 4 މިސްކިތުގައި ވެސް މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން ކުލަ ލުމާއި، ފާހަނާތައް މަރާމާތުކުރުން ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments