ތުނޑީ ރަމަޟާން ކަޕުގެ ގުރު ނަގައިފި، މުބާރާތް ފަށާނީ އާދީއްތަ ދުވަހު

ސޮސައިޓީ ފޯރ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓާ) ޖަމިއްޔާގެ ފަރާތުން ކުރިޔަށްގެންދާ 16 ވަނަ ތުނޑީ ރަމަޟާން ކަޕުގެ ގުރު ނަގައިފިއެވެ.
މުބާރާތުގެ ގުރު ނަގާފައިވަނީ ރޭ ގަމު ކައުންސިލްގެ ސެމިނާ ރޫމުގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 14 ޓީމު ބައިވެރިވެފައިވާއިރު، ޓީމުތައް ބަހާލާފައިވަނީ ހަތަރު ގުރޫޕަކަށެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަކަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެއެވެ.
މިއަހަރުގެ މުބާރާތުގެ ގުރޫޕު “އޭ” ގައި ހިމެނެނީ ޑެޓްރޮއިޓްސް ސްޕޯޓްސް ކްލަބް، ފޮއެމަތި ސްޕޯޓްސް ކްލަބް، މުންޑޫ ފުޓްސަލް ޓީމް އަދި ކިޔުއެމް ސްޕޯޓްސް އެކަޑަމީ އެވެ. ގުރޫޕު “ބީ” ގައި ހިމެނެނީ ކަންމަތި ސްޕޯޓްސް ކްލަބް، ރަސްހިންނެ ސްޕޯޓްސް ކްލަބް، މުންޑޫ ޒުވާނުންގެ ޖަމިއްޔާ (އެމްޒެޑްޖޭ) އަދި ފޮއެމަތި ޖޭއާރެވެ. ގުރޫޕް “ސީ” ގައި ވާދަކުރާނީ ގޯޅިއަންސް، ބެސްޓް ބޯއީޒް އަދި އަލު ބައްތި ސްޕޯޓްސް ކްލަބެވެ. އަދި ގުރޫޕް “ޑީ” ގައި ހިމެނެނީ ސުބަރު ސްޕޯޓްސް ކްލަބާއި ގަމު ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) ގެ އިތުރުން ޑެތު ކިންގެވެ.
އާދީއްތަ ދުވަހުގެރޭ މުބާރާތް ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑެޓްރޮއިޓްސް އާއި ފޮއެމަތި އެސްސީ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.