ފޮނަދޫ ކައުންސިލްގެ 4 ވަނަ ފުޓުސަލް މުބާރާތުގައި ބައިވެެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ފޮނަދޫ ކައުންސިލްގެ 4 ވަނަ ފުޓުސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ފޮނަދޫގައި ރަޖިސްޓްރީވެގެން ހިންގާ ކުލަބު ޖަމްޢިއްޔާތަކަށެވެ.

މި މުބާރާތް ފެށޭނީ 2022، ޑިސެމްބަރު 15 ވަނަ ދުވަހު ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް މުބަަރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 2022، ޑިސެމްބަރު 5 ވަނަ ދުވަހުގެ 1400 ގެ ކުރިން އެކައުންސިލް އިދާރާއަށް ހުށައެޅުމަށް ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވައިދު މި ލިންކުން ލިބޭނެއެވެ.

ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ 04ވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓު ހުށައަޅަން ޖެހޭ ސުންގަޑިއަކީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ 1400 އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް ހާމަކުރެެއްވީ މި މުބާރާތުގެ މައިގަނޑު މަޤުޞަދަކީ ފޮނަދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިޖުތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙު އާލާކުރުންކަމަށެވެ. މީގެއިތުރުން ރަށު ފެންވަރުގައި ފުޓުސަލް ކުރިއެރުވުމާއި، މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ހޯދައިދިނުމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކުޅިވަރު ކުޅެވޭނޭ އިންތިޒާމް ރައްޔިތުންނަށް ހަމަޖައްސައިދިނުން މުބާރާތުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments