ޓްރެފިކް ކޮންޓްރޯލްކުރުމަށް މުކުރިމަގުގައި ބެރިކޭޑް ޖަހަން ފަށައިފި

ޓްރެފިކް ކޮންޓްރޯލްކުރުމަށްޓަކައި ރަމަޟާން މަހު ކޮންމެ ދުވަހަކު ލ. ގަން މުކުރިމަގު އަވަށުގައި ބެރިކޭޑް ޖެހުމަށް ފުލުހުން ނިންމައިފިއެވެ.
އެގޮތުން މަގު ބޭނުން ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 15:00 އިން 21:30 އަށް މުކުރިމަގު މަސްޖިދުއް ޛިކުރާ ހިމެނޭ ސަރަހައްދުގައި ފުލުހުން ބެރިކޭޑް ބަހައްޓާނެއެވެ. މަގު ބޭނުންކުރާ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރަމަޟާންމަހު ގަމުގެ ރައްޔިތުންނާއި މަގުތަކުގައި ދުއްވާ ވެހިކަލްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ.