ލާމު އެމްވީ ސުފުރާ : ކާމަރަނގަ ”ޗުރޯސް“

ބޭނުންވާ ތަކެތި:
- 1 ތަށި ފެން (ފުށްގަނޑަށް)
- 1/3 ތަށި ބަޓަރު
- ¼ ސަމުސާ ލޮނު
- 1 ތަށި ފުށް
- 1 ސަމުސާ ވެނިލާ އެސެންސް
- 1 ½ތަށި ފެން (ހަކުރު ސިރަޕަށް)
- 2/3 ތަށި ހަކުރު
- 3 ކާފޫރު ތޮޅި
- 3 އިންޗި ފޮނިތޮށި
- 1 ސަމުސާ ރޯސް ވޯޓަރ
- 2 ބިސް
- 2 ތަށި ތެޔޮ (ތެލުލުމަށް)
ތައްޔާރުކުރާނެ ގޮތް:
ފެނާއި، ބަޓަރާއި، ލޮނު އެއްކޮށް ތެއްޔަކަށް އެޅުމަށްފަހު ކައްކާލާށެވެ.
އަލިފާން މަޑުކޮށްލުމަށްފަހު ފުށާއި ވެނިލާ އެސެންސް އަޅައި، ތެލީގެ ތިރީގައި އެއްޗެހި އެއްކޮށް ފުށްގަނޑެއްގެ ސިފައިގައި އެއްވަންދެން އެއްކޮށްލާށެވެ. އަދި ފުށްގަނޑު ތެލިން ނަގާ ތަށްޓަކަށްލުމަށްފަހު ހިހޫކުރުމަށް ބަހައްޓާށެވެ.
ފުށްގަނޑު ފިނިވަމުންދާއިރު، ހަކުރު ސިރަޕް ހަދަން ފަށާށެވެ. ފެނާއި، ހަކުރާއި، ކާފޫރުތޮޅި އަދި ފޮނިތޮށި ތެއްޔަކަށް އަޅައި އަލިފާން މަޑުކޮށް އިތުރު 3 މިނެޓު ވަރު ކައްކާލާށެވެ. ދެން ރޯސް ވޯޓަރ އަޅައި ފިނިވާން ބަހައްޓާށެވެ.
ފުށްގަނޑު ފިނިވާން މަދުވެގެން 10 މިނެޓު ވަރު ބެހެއްޓުމަށްފަހު، އެއް ބިހެއް އަޅާފައި އަނެއް ބިސް އަޅާ ގޮތަށް ބިސް އަޅަމުން ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. އަތުން ވެސް މިކަން ކުރެވިދާނެއެވެ. ނަމަވެސް އިލެކްޓްރިކް ހޭންޑް މިކްސަރެއްވެސް ބޭނުންކުރެވޭނެއެވެ. ފުށްގަނޑު ތައްޔާރުވުމުން ކޭކު ބެޓަރ ފަދައިން ހުންނާނެއެވެ.
ބެޓަރު އައިސިންގ ބޭގަކަށް އަޅައި ތަރި ސިފައިގެ ނޮޒްލްއެއް ބޭނުންކުރާށެވެ.
ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ތެއްލުމަށް ތައްޔާރުވާށެވެ. ތެލުގެ ހޫނުމިން ބެލުމަށް ކުޑަ ގުޅައެއް ތެލަށް އަޅާށެވެ.
ތެލަށް 3 އިން 4 އިންޗި ދިގުމިނުގެ އެއްޗެހި އަޅައި، ކަތުރުން ނުވަތަ ވަޅިން ބުރިކުރާށެވެ. މިގޮތަށް ތެލުގައި މަދު އަދަދެއްގެ ކާމަރަންގާ އަޅާށެވެ.
ކާމަރަންގާ ރަން ކުލައަށް އަރަންދެން ތެލުލާށެވެ. ނިމުމުން ތެލުން ނަގާ ހަކުރު ސިރަޕަށް އަޅައި ގާތްގަނޑަކަށް 1 މިނެޓު ވަރު ސިރަޕުގައި ބަހައްޓާފައި ނަގާށެވެ.
ކެއުމަށް ނަޓެއްލާ ނުވަތަ ޗޮކުލެޓު މެލްޓުކުރުމަށްފަހު އެއާއި ޖައްސައިގެން ކެވޭނެއެވެ.