ލާމު އެމްވީ ސުފުރާ : ފަލޫދާ

 ބޭނުންވާ ތަކެތި:

  • 2 މޭޒުމަތީ ސަމުސާ އިސްބަގުލު
  • 1/2 ޖޯޑު ފެން (އިސްބަގުލު ފޯކުރުމަށް)
  • 2 މޭޒުމަތީ ސަމުސާ ވާމިސެލީ
  • 1 ޖޯޑު ފެން (ވާމިސެލީ ކެއްކުމަށް)
  • 4 މޭޒުމަތީ ސަމުސާ ރޯސް ސިރަޕް
  • 2/3 ޖޯޑު ފުލް ކްރީމް ކިރު
  • 4 މޭޒުމަތީ ސަމުސާ ގެރިކިރު
  • 1/2 ޖޯޑު ވެނީލާ އައިސް ކްރީމް
  • ކުދިކޮށް ކޮށާފައި ހުރި ޕިސްޓާޝިއޯ

ތައްޔާރުކުރާނެ ގޮތް:

އިސްބަގުލު ފޯކުރުން:

1/2ޖޯޑު ފެނަށް 2 މޭޒުމަތީ ސަމުސާ އިސްބަގުލު އަޅައި، 30 މިނެޓަށް ބަހައްޓާށެވެ.

ފޯވުމުން އޮށްތައް ބޮޑުވެ، ބޭރުގައި އަޅިކުލައިގެ އޮލަ ފަށަލައެއް އުފެދޭނެއެވެ.

ވާމިސެލީ ކެއްކުން:

ކުޑަ ތެއްޔެއްގައި 1 ޖޯޑު ފެން އަޅައި، 3 މިނެޓަށް ގަދަ ގިނީގައި ކައްކާށެވެ.

ފެން ކެކެން ފެށުމުން، 2 މޭޒުމަތީ ސަމުސާ ވާމިސެލީ އަޅައި، 2 މިނެޓު ނުވަތަ މެދުމިނަށް މަޑުވަންދެން ކައްކާށެވެ.

ފެން ފުރާނާލުމަށްފަހު ވަކިން ބަހައްޓާށެވެ.

ފަލޫދާ އެއްކުރުން:

ދިގު ބިއްލޫރި ތަށްޓަކަށް އަންނަނިވި ތަކެތި އަޅައި، ރަނގަޅަށް އެއްކުރާށެވެ:

ފޯކޮށްފައިވާ އިސްބަގުލު: 2 މޭޒުމަތީ ސަމުސާ

ކައްކާފައިވާ ވާމިސެލީ: 2 މޭޒުމަތީ ސަމުސާ

ރޯސް ސިރަޕް: 2 މޭޒުމަތީ ސަމުސާ

ގެރި ކިރު: 2 މޭޒުމަތީ ސަމުސާ

ފުލް ކްރީމް ކިރު: 3/1 ސައިސަމުސާ

ފަލޫދާ ޒީނަތްތެރިކުރުން:

ތައްޔާރުކޮށްފައިވާ ފަލޫދާގެ މައްޗަށް 1/4 ޖޯޑު ވެނީލާ އައިސް ކްރީމް އަޅާށެވެ.

އޭގެ މަތިން ކުދިކޮށް ކޮށާފައިވާ ޕިސްޓާޝިއޯ ޖަހާށެވެށެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments