ލާމު އެމްވީ ސުފުރާ : ޝަކްޝުކާ

ބޭނުންވާ ތަކެތި:

  • 1 ކުޑަ ފިޔާ (ގޮޅިކޮށް ކޮށާފައި)
  • 1/3 ޖޯޑު ބެލް ޕެޕާރ (ގޮޅިކޮށް ކޮށާފައި)
  • 3 ބޮޑު ޓޮމާޓޯ
  • 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 1 1/2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 1 ޕެކެޓް މަހަލް ޓޮމާޓޯ ޕޭސްޓް (70 ގްރާމް)
  • 1 1/4 ސައިސަމުސާ ލޮނު
  • 1/4 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1/4 ސައިސަމުސާ މުގުރި ދިރި
  • 1/2 ސައިސަމުސާ ހަކުރު
  • 1/2 މުގުރި ރާޅު މިރުސް
  • 2 ބިސް
  • 2 މޭޒުމަތީ ސަމުސާ ޕާރސްލީ (ކޮށާފައި)

 

ތައްޔާރު ކުރާނެ ގޮތް:

ފިޔާ، ބެލް ޕެޕާރ، ޓޮމާޓޯ، ލޮނުމެދު އަދި ޕާރސްލީ ކޮށާލާށެވެ.

ތަވައެއްގައި އޮލިވް އޮއިލް ހޫނުކޮށް، ފިޔާ، ބެލް ޕެޕާރ އަދި ލޮނުމެދު އަޅައި 10 މިނެޓު ވަންދެން މެދު ގިނީގައި ކައްކާށެވެ.

ޓޮމާޓޯ ޕޭސްޓް އަޅައި އެއްކޮށްލުމަށްފަހު އިތުރު 2 މިނެޓު ކައްކާށެވެ.

ކޮށާފައިވާ ޓޮމާޓޯ އަޅައި، 2 މިނެޓު ވަންދެން ކައްކާށެވެ.

ލޮނު، މުގުރި އަސޭމިރުސް، މުގުރި ދިރި، ހަކުރު އަދި މުގުރި ރާޅު މިރުސް އަޅައި އެއްކޮށްލުމަށްފަހު 30 ސިކުންތު ކައްކާށެވެ.

ސޯސްގަނޑުގައި 3 ވަޅު ހަދައި، ކޮންމެ ވަޅަކަށް 1 ބިސް ތަޅާލާށެވެ.

ތަވައިގައި މަތިޖަހައި، ބިސް މެދުމިނަކަށް ރޯފިލަންދެން 3-2 މިނެޓު ވަންދެން ކައްކާށެވެ.

ތަވައިގެ މަތި ނަގައި، ކޮށާފައިވާ ޕާރސްލީ އަޅައި، މަޑުމަޑުން ސޯސްގެ ތެރެއަށް އަޅާލާށެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments