ލާމު އެމްވީ ސުފުރާ : ކްރޭޕްސް

ބޭނުންވާ ތަކެތި:
ކްރޭޕްސް ބެޓަރ ހެދުމަށް:
- 1 ޖޯޑު ފުށް
- 2 ސައިސަމުސާ ހަކުރު
- 1/4 ސައިސަމުސާ ލޮނު
- 2 ބިސް
- 1 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު
- 1/3 ޖޯޑު ފުލް ކްރީމް މިލްކް ޕައުޑަރު
- 1 1/4 ޖޯޑު ފެން
ކްރޭޕްސް ފިހުމަށް:
- 1 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު
ތައްޔާރުކުރާނެ ގޮތް:
ކްރޭޕްސް ބެޓަރ ހެދުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްފަހަރާ މިކްސަރަށް އަޅާފައި 20 ސިކުންތު ވަންދެން ގިރާށެވެ.
ގިރާ ނިމުމުން، ބޯތަށްޓަކަށް އެ މިކްސްޗަރ އަޅާށެވެ.
ދެން، ކުޑަކޮށް ތަތްނުލަވާ ތަވައެއް ހޫނުކޮށްލާށެވެ.
ކުޑަ ބަޓަރުކޮޅެއް ޕޭސްޓްރީ ބްރަޝްއަކުން ނުވަތަ އެފަދަ އެއްޗަކުން ތަވާގައި ހާކާލާށެވެ. ދެން ¼ ޖޯޑު ކްރޭޕްސް ބެޓަރ ތަވަޔަށް އަޅާފައި ވައްކޮށް ތަވާގެ ތެރޭގައި ފަތުރާލާށެވެ.
ކްރޭޕް 30 ސިކުންތު ވަންދެން ފިހުމަށްފަހު އަނެއް ފުށަށް ޖަހާފައި އިތުރު 20 ސިކުންތު ވަންދެން ފިހެލާފައި ތަށްޓަކަށް ނަގާށެވެ. ކްރޭޕްސް ބެޓަރ ހުސްވަންދެން ތަކުރާރުކުރާށެވެ. (ކޮންމެ ފަހަރަކުވެސް އަލުން ކްރޭޕްސް ބެޓަރ އެޅުމުގެ ކުރިން ތަވާގައި ބަޓަރުކޮޅެއް ހާކާލާށެވެ.)
ކްރޭޕްސްގެ މަތީގައި އެ ބޭފުޅަކަށް ކަމުދާ ފިލިންގއެއް އަޅާފައި ފޮތިކޮށްލައިގެން ނުވަތަ ރޯލްކޮށްލައިގެން ކެއުމަށް ތައްޔާރުކޮށްލާށެވެ.