ގަމު ރީޖަނަލް ހޮސްޕިޓަލުގައި މާބަނޑު އަންހެނުންގެ ސްކޭން ހިމެނޭހެން ސްކޭންގެ ޚިދުމަތްތަކެއް ހުއްޓިއްޖެ!

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ސްކޭންގެ ޚިދުމަތްތަކެއް ހުއްޓިއްޖެއެވެ.

އެގޮތުން، ގަމު ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ސީޓީ ސްކޭންގެ ޚިދުމަތް ހުއްޓިފައި އޮންނަތާ 5 މަސް ދުވަސްވެއްޖެ ކަމަށާއި ޕްރެގްނެންސީ ސްކޭންގެ އެއްވެސް ޚިދުމަތެއް ނުލިބޭތާ 2 ހަފްތާ ވެއްޖެކަމަށް ބުނެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެނޯމަލީ ފަދަ މާބަނޑުއިރު ކޮންމެހެން ހަދަން ޖެހޭ ސްކޭން ހެދުމަށް މިހާރު މާބަނޑު މީހުން ދާނެ ޖެހެނީ މާލެ އެވެ.

މިއީ ސައްޙަ މައުލޫމާތެއްތޯ ކަށަވަރުކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން އަށް ގުޅުމުން އޭނާ ވަނީ ޚިދުމަތްތައް ހުއްޓިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ހަންނާން ވިދާޅުވީ ސީޓީ ސްކޭންގެ ޚިދުމަތްތައް ހުއްޓިފައި އޮންނަތާ 5 މަސް ނުވާނޭ ކަމަށެވެ.

ހަންނާން ވިދާޅުވީ ސީޓީ ސްކޭންގެ ޚިދުމަތް މެދުކެނޑިފައި އޮތީ ސީޓީ ސްކޭން ޚިދުމަތް ދެމުން ދިޔަ މެޝިންގެ ބައެއް ހަލާކުވެގެން ކަމަށާއި އެބައި ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ހަންނާން އިތުރަށް ވިދާޅުވީ އެ މެޝިންގެ ހަލާކުވެފައިވާ ބަޔަކީ ރާއްޖޭން ބޭރުން ގެންނަ އެއްޗަކަށްވުމުގެ ސަބަބުން އޭތި މިކޮޅަށް ގެންނަން ދުވަސް ނަގާނޭ ކަމަށެވެ.

މި ޚިދުމަތްތައް އަލުން ފެށޭނީ ކޮން ދުވަހަކުންތޯ ސުވާލުކުރެއްވުމުން ހަންނާން ވިދާޅުވީ ދެ ހަފުތާއެއްގެ ތެރޭގައި ޚިދުމަތްތައް އަލުން ދެވެން ފަށާނެކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް އިން ޚިދުމަތް ހޯދުމަށް ތ އަތޮޅުންވެސް ގިނަ ބަޔަކު ޒިޔާރާތްކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments