އިސްދޫގެ އާބާދީ 1491 އަށް، އަންހެނުންނަށް ވުރެ ގިނައީ ފިރިހެނުން

ލ.އިސްދޫގެ އާބާދީ 1491 އަށް އަރައިފައިވާ ކަމަށް އިސްދޫ ކައުންސިލުން ހިއްސާކޮށްފައިވާ އާބާދީގެ އަދާހަމަ އިން ދައްކައިފިއެވެ.

އެގޮތުން އެރަށުގައި އަންހެނުންނަށް ވުރެ ގިނައީ ފިރިހެނުންނެވެ. އުމުރުފުރާތަކަށް ބަލާއިރު، އިސްދޫގައި އެންމެ ގިނައީ 17 އަހަރުން ދަށުގެ ކުދިންނެވެ. އެއީ މުޅި ޖުމުލަ 471 ކުދިންނެވެ. 18 އަހަރާއި 34 އަހަރާ ދެމެދު މުޅި ޖުމުލަ 453 މީހުން އެރަށުގެ އާބާދީގައި ހިމެނެއެވެ. އެއީ 235 އަންހެނުންނާއި، 218 ފިރިހެނުންނެވެ. 35 އަހަރާއި 54 އާ ދެމެދު އާ ދެމެދު އުމުރުފުރައިގެ ޖުމުލަ 395 މީހުން ހިމެނޭއިރު، 55 އަހަރާއި 64 އަހަރާ ދެމެދު އުޅެނީ 97 މީހުންނެވެ.

އިސްދޫގައި އުމުރުން 65 އަހަރުން މަތީގައި އުޅެނީ 75 މީހުންނެވެ. އެއީ 39 އަންހެނުންނާއި 36 ފިރިހެނުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments