ލާމު އެމްވީ ސުފުރާ : ޗޮކުލެޓް ބޯލްސް

ބޭނުންވާ ތަކެތި:
- މާރީ ބިސްކޯދު
- 200 ގްރާމް ރިޓްޒްބަރީ ޑާކް ކުކިންގް ޗޮކްލެޓް
- 3/4 ޖޯޑު ގެރިކިރު
- 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެގޮތް:
މާރީ ބިސްކޯދުތައް މާ ހިމުންނުވާ ގޮތަށް ފުނޑުފުނޑު ކޮށްލާށެވެ.
ފުނޑުކޮށްލި ބިސްކޯދާއި، ގެރިކިރާއި، ވެނީލާ އެސެންސް އެއްކޮށްލާށެވެ.
އެއްކުރެވުނު މިކްސްޗަރ 15 ބަޔަށް ބަހާލުމަށްފަހު، ކޮންމެ ބައެއް ދެއަތުން ބޯޅައެއްގެ ސިފައިގައި ވަށްކޮށްލާށެވެ.
ބޯޅަތައް ގަނޑުކުރާ ބަޔަށް ލާފައި، ރަނގަޅަށް ސެޓްވަންދެން (ގާތްގަނޑަކަށް 45 މިނެޓު) ބަހައްޓާށެވެ.
ޗޮކްލެޓް ކުދި އެތިކޮޅުތަކަށް ކޮށާލާށެވެ.
ޗޮކްލެޓް ވިރުވާލުމަށް:
– ތެއްޔަކަށް ފެން އަޅާށެވެ.
– ތެލީގެ މަތީގައި ހޫނު ތަޙައްމަލުކުރާ ބޯތަށްޓެއް ބަހައްޓާށެވެ. (ބޯތަށި ފެނާ ނުޖެހޭ ގޮތަށް)
– އުނދުން މަޑު ގިނީގައި ރޯކޮށް، ބޯތަށްޓަށް ޗޮކްލެޓް އަޅާލާށެވެ.
– ޗޮކްލެޓް ގިރަމުންދާއިރު ކައްކާލާށެވެ. ހުރިހާ އެތިކޮޅެއް ނުވިރެނީސް އުނދުން ނިއްވާލާށެވެ.
ގަނޑުކޮށްފައި ހުރި ބޯޅަތައް ވިރުވާލެވުނު ޗޮކްލެޓަށް ފަހަރަކު ދެ ބޯޅައެއްގެ މަގުން އަޅަމުން، ރަނގަޅަށް ޗޮކްލެޓް އުނގުޅާށެވެ.
ޗޮކްލެޓް އަޅާ ނިމުމުން، އަނެއްކާވެސް ބޯޅަތައް ގަނޑުކުރާ ބަޔަށް ލާފައި 15 މިނެޓު ވަންދެން ބަހައްޓާށެވެ.
އެއަށްފަހު ވައިޓް ޗޮކުލެޓުން ބޯޅަތަކުގެ މަތި ގާރނިޝްކޮށްލާށެވެ.