ސިތާނާ ސްޓޯރ އަހަރު ނިންމާލާ ސޭލް ލ.ފޮނަދޫ އަދި ގަމުގައި..

ސިތާނާ ސްޓޯރގެ އަހަރު ނިންމާލާ ސޭލް ލ.ފޮނަދޫގައި އިއްޔެއިން ފެށިގެން ކުރިއަށް އެބަދެއެވެ. މި މަހުގެ 23 އަށް ކުރިއަށް ދާ މި ސޭލް މިހާރު ކުރިއަށް ދަނީ ލާމު އަތޮޅު އެޑިއުކެޝަން ސެންޓަރ ގައި ކަމުގައި ވިއަސް ، މި މަހުގެ 25 އިން 26 އަށް ލާމު އިހައްދޫ ސުކޫލުގައި ވެސް މި ސޭލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސޭލް އިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 1000 (އެއް ހާސް) ރުފިޔާ އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ސިތާނާ ސްޓޯރ އަކީ އަންނައުނާއި ކުޑަކުދިން ކުޅޭ ސާމާނާއި ބަދިގޭ ސާމާނާއި ހިފާގެންގުޅޭ ސާމާނުގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ މުދާ ވިއްކާ ފިހާރައެކެވެ. ސިތާނާ ސްޓޯރގެ ސުކޫލް ސީޒަން ސޭލް ވެސް މިއަހަރުގެ ޖުލައި މަހުގައި ފޮނަދޫގައި ވަނީ ބާއްވާފައެވެ. މި ސޭލްއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.