2022 ވޯލްޑްކަޕް މިވީ މުސްލިމުންނަށް ލިބުނު ނަސްރަކަށް

2022 ވަނައަހަރު ވޯލްޑްކަޕް އަރަބި ޤައުމެއްގަ ފުރަތަމަފަހަރަށް ބޭއްވުން ވެގެންދިޔައީ މިޅިދުނިޔެއަށް އެތައްގޮތަކުން ހަޖަމްކުރަން ދަތިކަމަކަށެވެ. ހާއްސަކޮށް ޔޫރަޕްގެ ޤައުމުތަކަށް ކެއްކުރެވޭވަރަށްވުރެ ހިއްދަތި ކަމަކަށެވެ. އެވެރިންގެ އެންމެބޮޑު އަދުއްވުން ކަމަށްވާ މުސްލިމުންގެ ސަޤާފަތާ އާދަކާދައާ އިސްލާމްދީނުގަ ނަހީކުރައްވާފަވާ ބޮޑެތި ފާފަތައް އެމީހުންގެ އިންސާނީ ހައްޤެއްގެ ގޮތުގަ ދެކެމުންއައި މުޑުދާރު އަމަލުތައް އެމީހުންގެ އެ ތަހުޒީބުކަމަށް ދަޢުވާކުރާ ހުތުރުވެގެންވާ ފާހިޝް އަމަލުތަކާ ފާޅުގަ ބަޔަކުދެކޮޅު ހެދި މިކަހަލަ ފުރަތަމަ ކުޅިވަރުވަރުގެ ބޮޑު އީދެއްގެ ގޮތުގަ މުޅި ދުނިޔެ ފާހަގަކުރާ ކަމެއްގެ ތެރޭން މިގޮތަށް އެވެރިންނަށް ގޮންޖަހާލަން ކެރުނު ފުރަތަމަ ފަހަރެވެ. މުސްލިމުންނަކީ ޔޫރަޕްމީހުން ޖަހާހާ ބެރަކަށް ނަށަންނުޖެހޭނެ އަދި ނުވެސް ނަށާނެ ބައެއްކަން މުޅިދުނިޔެ ކުރިމަތީގަ ސާބިތުކޮށްދިން މުސްލިމުންގެ ސަހްސިއްޔަތު ދައްކުވައިދިން މުޑުދާރު ތަހުޒީބުކަމަށް ދަޢުވާކުރާ ކާފަރުންނަށް ދިން ވަރުގަދަ ފިލާވަޅެކެވެ. މުޅި މުސްލިމް އުންމަތް އެބަޔަކަށްޓަކާ ގަތަރަށްޓަކާ މިއަދު ފަހުރުވެރި ވާނެކަން ޔަޤީނެވެ.މިއަދު މުސްލިމް އެހެން ޤައުމުތަކަށްވެސް މި ލިބުނީ ރަނގަޅު ފިލާވަޅެކެވެ. އަޅުގަނޑުމެންގެ ދީނުގަ ނަހީކުރައްވާފަވާ ކަންކަން ޔޫރަޕްއިން ބުނެގެން އެމީހުންއެކިޔާ ޑިމޮކްރަސީއަކީ ކޮންމެހެން ތަބާވާންޖެހޭ އެއްޗެއް ނޫންކަން އަޅުގަނޑުމެންނަކީ އެޔަށްވުރެ ވަރުގަދަ އުސޫލުތަކަކާ ހަމަތަކެއްގެ މަތީގަ އުޅެމުންއަންނަ ބައެއްކަމެވެ. އެލް.ޖީ.ބީ.ޓީ ޕްރޮމޯޓުކުރަން ޔޫރަޕްގެ ޤައުމުތަކުން އަތާ އަތްގުޅާލައިގެން ނިކުތީ ގަތަރަށް ގޮންޖަހާލާފައެވެ. އެހެންނަމަވެސް ޤަތަރުން ސާބިތުކޮށްދިނީ އެމީހުންނަކީ ޔޫރަޕްގެ ޤައުމުތައް ކުރިމަތީގަ ކުޑަކަކޫ ޖަހާނެބައެއް ނޫންކަމެވެ. ރެއިންބޯ ބޭންޑު ނޭޅޭނެކަމަށް އަޅައިފިނަމަ ފިޔަވަޅު އަޅާނެކަމަށްބުނެ އިންޗިއެއްވެސް ދޫނުދީ 28 ދުވަހަށް ދީންބަދަލު ނުކުރެވޭނެކަމަށްބުނެ ޔޫރަޕަށް ގޮންޖަހާފަ އެމީހުންގެ ސާބިތުކަން ދެއްކުމުގެ ނަތީޖާއަކަށްވީ އެމީހުން އަމާންދޭން ޖެހުމެވެ. ސްޓޭޑިއަމްތަކުގަ ރާ ނުބޮވޭނެކަމަށް ބުނުމުން އެކަމަށްވެސް ނުރުހުން ފާޅުކުރުމުން ދޫ ނުދިނުމުގެ ސަބަބުން ފީފާގެ ރައީސްވެސް އެންމެފަހުން ޤަތަރުގެ ނިންމުމާ އެއްކޮޅަށް ވާހަކަ ދައްކަންޖެހުނުތަން ފެނިގެންގޮސްފިއެވެ.

މީގެކުރިން މުޅިދުނިޔެ ޤަބޫލުކުރަމުންއައީ ފުޓްބޯޅައަކީ ޔޫރަޕާ އެމެރިކާ ބައްރުގެ ޤައުމުތަކުގެ ކުޅިވަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއަދު ފެނިގެންމިދަނީ ވޯލްޑްކަޕްގެ ސެމީފައިނަލްގަ ފުރަތަމަފަހަރަށް އަރަބި އެފްރިކާގެ ޤައުމެއް ކުޅޭތަނެވެ. މޮރޮކޯވެސް އެހިސާބަށްއައީ މުަޅި އިސްލާމީ އުންމަތް އެމީހުނަށްޓަކާ ފަހުރުވެރި ކުރުވާފަ އެފްރިކާއާ މުސްލިމުންގެ ހިއްތަށް ފަތަހަ ކުރަމުންނެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރުތަށް ބިމާހަމަކޮށް އެމީހުން ހެއްދެވި ފަރާތަށް ކުރިދުޢާއާ ޝުކުރުގެ ސަޖިދަ މުޅި މުސްލިމް އުނަމަތް އުފަލުން ރޮށްވާލާފައެވެ. މުސްލިމުންގެ ރަމްޒެއްގެ ގޮތުގަވާ ފަލަސްތީނު ދިދަ ޖައްވުގަ ވިހުރުވަމުން މުސްލިމުންގެ ތެރޭން އެންމެ ނިކަމެތި ހާލުގަ އުޅެމުންއަންނަ މީހުންގެމަތިން ހަނދާން ނުނެތޭކަން އެމީހުންނާ އެކުގަ ތިބިކަން މޮރޮކޯ ދިދަޔާ އެއްވަރަށް ފަލަސްދީނުގެ ދިދަވެސް މިނިވަންކަމާއެކު ވިހުރެން ބޭނުންވާކަން ދުނިޔެއަށް ދައްކަމުންނެވެ. މައިވަންތަކަމުގެ ލޯތަބާ އާއިލީ ގުޅުމާ ތިމާގެކަމާ އަހުވަންތަކަމުގެ ރީތި މިސާލުތަކެއް ދައްކަމުންނެވެ. އިހުތިރާމްކުރުމާ އިހްތިރާމް ހޯދުމަކީ ކޮބައިކަން މުޅި ދުނިޔެއަށް ދައްކުވައިދެމުންނެވެ. މީގެކުރިން ވޯލްޑްކަޕް ވާހަކަ ބަޔަކު ދައްކާލާއިރަށް އަންނަނީ ބްރެޒިލް، އާޖެންޓީނާ ، އިންގްލެންޑް ، ފްރާންސް ކަހަލަ ޤައުމުތަކުގެ ވާހަކައެވެ. ތައްޓާހިސާބަށް ދެވޭނެ ކަމުގެ އުންމީދު އެންމެންވެސް ކުރާމީހުންނަކީ މިއީއެވެ. އެހެންނަމަވެސް މިއަދު މިއިވެނީ މުޅިން ތަފާތު އަޑުތަކެކެވެ. ބްރެޒިލް އަށް ސަޕޯޓުކުރި ގިނަ ދިވެހިންވެސް މިއަދު އަހާލާއިރަށް ބުނަމުންދެއެވެ. ބްރެޒިލް ކެޓިއަސް އޯކޭއެވެ. މޮރޮކޯ ތަށި ނަގައިފިއްޔާ ނިމުނީއެވެ. އާޖެންޓީނާއަށް ސަޕޯޓުކުރި ގިނަ މީހުންގެވެސް މިއަދުގެ އުންމީދަކީ މިއީއެވެ. މޮރޮކޯ ކޯޗު އިންޓަވިއުއެއްގަ ބުނެފަވާ ގޮތަށް އެ ޤައުމު އެއްބައި ކުރުވައިފިއެވެ. އެކަމު ހަޤީގަތުގަ ޤައުމު އެކަންޔެއް ނޫނެވެ. މުޅި މުސްލިމް އުންމަތް އެއަބައިވަންތަކުރުވާ މުސްލިމުންނަކީ އެއްބައެއްކަން އިހުސާސް ކުރުވައިފިއެވެ. މި ވޯލްޑްކަޕް ވެގެންމިދިޔައީ ހުރިހާގޮތަކުން މުސްލިމުންނަށް ލިބުނު ނަސްރަކަށެވެ. ހުޅަނގުގެ ޤައުމުތައް ހަމަބިމަށް ތިރި ކުރުަމަށްފަހުއެވެ. އަޅުގަނޑުގެ ދުޢާއަކީ ވޯލްޑްކަޕް ތަށި މިފަހަރު މޮރޮކޯކާމިޔާބުކޮށް މުސްލިމުންގެ ހިއްތަށް އުފަލުން ރޮށްވާލުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments