ސިކްސް ސެންސް ލާމުގެ ރީޖަނަލް ޖެނެރަލް މެނޭޖަރަށް ހަމަލާދީފި.

ލ. އަތޮޅުގައި ހިންގަމުން އަންނަ ސިކްސް ސެންސް ލާމު ރިސޯޓްގެ ރީޖަނަލް ޖެނެރަލް މެނޭޖަރ މާޓިން ވޭން ވެލްއަށް މީހަކު ހަމަލާ ދީފިއެވެ.
މި ހަމަލާ ދީފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި، އެ ރިސޯޓުގެ ސްޓާފް ކުއާޓަރ ތެރެއިން ބައިސްކަލެއްގައި ދަނިކޮށްކަމަށާއި، ހަމަލާ ދިނުމަށްފަހު ދުވެފައި ގޮސް ފިލީ ކަމަށާއި، ހަމަލާދިނީ ތޫނު އެއްޗަކުން ނުވަތަ ދަގަނޑު ގަނޑެއް ފަދަ އެއްޗަކުން ކަމަށްވެސް ލާމު.އެމްވީ އަށް މަޢުލޫމާތު ލިބިފައިވެއެވެ.
ހަމަލާގެ ސަބަބުން މާޓިންގެ ބޯ ވަރަށް ބޮޑަށް ޒަހަމުވެފައިވާކަމަށާއި، ފަރުވާދިނުމަށް ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނައިކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.