ފަހުދިހަ ބަންދު ނަމަވެސް ގަމު ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަންނާނެ

Fahudhiha bandhu namaves gamu council in fithuru zakaai balaigannaane

.ރަމަޟާން މަހުގެ ފަހު ދިހަ ސަރުކާރު ބަންދު ކުރިނަމަވެސް ލ.ގަމު ކައުންސިލުން ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ

އެގޮތުން، ރަމަޟާން މަހުގެ ފަހުދިހަ ސަރުކާރުން ބަންދުކުރުމާއި ގުޅިގެން، މާރިޗު 20 އިން ފެށިގެން 30 ގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 12:00 އަށް ކައުންސިލް އިދާރާ ހުންނާނީ ހުޅުވާފައެވެ

މި މުއްދަތުގެ ތެރޭގައި ގަމު ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުން އަދި އަލަށް އުފަންވާ ކުދިންގެ ފޫޅުމާފޯމް ބަލައިގަތުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން ހިމެނެއެވެ

.މިމަހުގެ 20 ގައި ސަރުކާރު ބަންދުވާގޮތަށް ދެން ހުޅުވާނީ އީދު ބަންދަށްފަހު އޭޕްރިލް 6 ގައެވެ

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments