01 ޖެނުއަރީ އިން ފެށިގެން ވެހިކަލް ފީ ބަލައިގަންނާނީ ”ސަވާރީ ޕޭ“ ޕޯޓަލްއިން: ޓްރާންސްޕޯޓް މިނިސްޓްރީ

ވެހިކަލް ފީއާއި ޖޫރިމަނާތައް 01 ޖެނުއަރީ އިން ފެށިގެން ބަލައިގަންނަމުން ދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ ”ސަވާރީ ޕޭ“ ޕޯޓަލް އިން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ މީރާއިން ބަލައިގަންނާނީ 31 ޑިސެންބަރު 2022 ގެ ނިޔަލަށް ކަމަށާއި އަދި 01 ޖަނަވަރީ 2023 އިން ފެށިގެން މި ފީ ބަލައިގަންނާނީ އެމިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަށް ކަމަށެވެ.

ކުރިން މި ފީތައް ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ މީރާ މެދުވެރިކޮށް ނަމަވެސް ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ވުމާއިއެކު 01 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން މީރާ މެދުވެރިކޮށް މި ފީތައް ބަލައިގަތުން ވަނީ ހުއްޓާލާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މީރާއަށް ބަލައިގަންނަމުން ގެންދިޔަ އެއްގަމު އުޅަނދު ފީއާއި ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ 01 ޖެނުއަރީ 2023 އިން ފެށިގެން ބަލައިގަންނާނީ އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް ”ސަވާރީ ޕޭ“، ޔޫއާރުއެލް (pay.transport.gov.mv) މެދުވެރިކޮށް ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments