އީދު ލައިޓްތަކުން ރާއްޖެ ދިއްލާލާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ
Eid light thakun raahje dhihlaalaanee anna honihiru dhuvahuge rey

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގެ އެކި ސަރަހައްދުތައް ދިއްލާލުމަށް ތައްޔާރުވެެއްޖެއެވެ.
އެގޮތުން، މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިތުރު އީދުގައި ދިއްލާލުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ދިއްލާ 36 ރަށަށް ފޮނުވާ ލައިޓްތަކާއި ސްޕީކަރުތައް ފޮނުވުމުގެ މަސައްކަތް މިމަހުގެ 24 ވަނަ ދުވަހުގައި ކުރިއަށްދާނެއެވެ. މިއަހަރުގެ ”ޢީދުއަލި“ ހަރަކާތައް ޢީދުލައިޓް ފޮނުވަން ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގެވެސް އެންމެ އާބާދީ ބޮޑު ދެރަށަށެވެ. ލ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސަރުކާރުން އީދުލައިޓް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ލ.ގަމާއި ލ. މާވަށަށްށެވެ.
އެންމެ ފުރަތަމަ ޢީދު ލައިޓްތައް ދިއްލާފައިވަނީ މާލޭ ސަރަހައްދުގައި އެކަންޏެވެ. ނަމަވެސް، ޢީދު ލައިޓުން މަގުތައް ޒިނަތްތެރިކުރުމުގެ މަޝްރޫއު މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށްފައެވެ. ޢީދުގައި ދިއްލާލާ ލައިޓްތައް ހާއްސަވަނީ އިސްލާމީ ޝިއާރާއި ތަކުބީރުގެ އަޑު ހިމެނޭތީއެވެ.