މާބައިދޫގައި ކުރިޔަށްގެންދާ ސާފް ލީގުގެ ”ކެރަންދޫ“ އިވެންޓް ސެޕްޓެންބަރު 3 ގައި ފަށަނީ
Maabaidhoo gai kuriyah gendhaa Surf league ge "kerandoo" event September 3 gai fashany

ހައްދުންމަތީ މާބައިދޫގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ދިވެހި ސާފް ލީގުގެ ”ކެރަންދޫ“ އިވެންޓް ސެޕްޓެންބަރު މަހު 3 އިން 6 އަށް ތާވަލުކޮށްފިއެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އެ އެސޯސިއޭޝަންގެ އިވެންޓް ކަލަންޑަރު ރަސްމީކޮށް އާއްމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން، ފުރަތަމަ އިވެންޓް ކަމަށްވާ ”މުލީކޮޅު ރާޅުގަނޑު“ ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ”ކެރަންދޫ“ އަކީ ލީގުގެ ދެވަނަ އިވެންޓެވެ. އެޔަށްފަހު، ލީގުގެ ފަހު އިވެންޓް ކަމަށްވާ ”ރަންނަމާރި ޗެލެންޖް“ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހު އެވެ.
ސާފިންގ އެސޯސިއޭޝަނުން ވަނީ މާބައިދޫގައި ”ކެރަންދޫ“ މުބާރާތް ބާއްވަން ނިންމައި، މާބައިދޫ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ މިފަދަ މުބާރާތެއް ލ.އަތޮޅުގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއާއެކު، މިއީ މުޅި ލ.އަތޮޅަށްވެސް ލިބިގެންދާނެ ބޮޑު ފަޚުރެކެވެ.
ލީގުގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ ”ރަންނަމާރި ޗެލެންޖް“ އަށް ކޮލިފައިވުމަށް، ލީގުގެ ފުރަތަމަ ދެ އިވެންޓުގައި ވާދަކުރުން މަޖުބޫރުވާނެއެވެ. މިއާއެކު، ރާއްޖޭގެ އެންމެ ފުންނާބު އުސް ރާޅާ އެޅުންތެރިން ”ކެރަންދޫ“ މުބާރާތުގައި ވާދަކުރާނެއެވެ. މިއީ ލ.އަތޮޅުގެ ލޯކަލް ޓުއަރިޒަމަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ދިވެހިި ސާފް ލީގުގެ މި މުބާރާތް ވެގެންދާނީ މުޅި ލ.އަތޮޅަށް އަންނަ ބޮޑު އީދަކަށެވެ. މި މުބާރާތުގެ ސަބަބުން، އަތޮޅުގައި ތިބި ރާޅާ އެޅުންތެރިންނާއި، މުއައްސަސާތަކާއި، ވިޔަފާރިތަކުގެ އިތުރުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ.