ގަމު ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓުގެ ގުރު ނަގައިފި

Gamu WDC Futsal Tournament ge guru nagaifi

ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދާ ”ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓް 2025“ ގެ ގުރު ނަގައިފިއެވެ.

އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރު ނަގާފައިވަނީ ރޭ ގަމު ކައުންސިލްގެ ސެމިނާ ރޫމްގައި ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ގަމަށް ނިސްބަތްވާ އަންހެން ކަނބަލުންނަށް ހާއްސަ މި މުބާރާތުގައި ޖުމްލަ ފަސް ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ލާމު ބްލޫސް ނިކުންނާނީ ރޯސް އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ބެސްޓް ގާލްސް ބައްދަލުކުރާނީ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އާއެވެ. ކޮންމެ ރެޔަކު ދެ މެޗު ކުޅޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.

މިއަހަރުގެ މުބާރާތުގެ ހޯސްޓިންގ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެ، މުބާރާތް ހިންގާނީ ގަމު ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އިންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ އިރު، ރަނަރަޕް ޓީމަށް 3500 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ މެޗުތައް ގަމު ޑަބްލިޔުޑީސީގެ ފޭސްބުކް ޕޭޖުން އަދި ”ލާމު އެމްވީ“ ގެ ފޭސްބުކް އާއި ޔޫޓިއުބް ޗެނަލުން ވަގުތުން ގެނެސްދޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments