ސްޓޫޑެންޓް ލޯނަށް އެދުމުގެ 500 ފުރުސަތު ހުޅުވާލައިފި
Student loan ah edhumuge 500 furusathu hulhuvaalaifi

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 500 ފުރުސަތު ހުޅުވާލައިފައެވެ. ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެއެވެ. އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯނަށް އެދި ހުށަހެޅޭނެއެވެ. މި ލޯނަށް އެދި ހުށަހަޅާނީ އެ ކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް އިންނެވެ.
ލޯނު ދޭން ހަމަޖެހިފައިވަނީ 700،000ރ. އަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ. ހަޔާ އެޑިއުކޭޝަނުން ވަނީ ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނަށް ވެސް ހުޅުވާލައިފައެވެ.