މާދަމާ އަކީ ފިޠުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފި

Maadhamaa akee fithuru Eid dhuvas kamugai kanda alhaifi

މާދަމާ އަކީ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

ފިތުރު އީދު ދުވަހަކީ މާދަމާ ތޯ ނުވަތަ ހޯމަ ދުވަސް ކަމާ މެދު ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ނަމަވެސް ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގައި ވަނީ މާދަމާ އަކީ މިއަހަރުގެ ފިޠުރު އީދު ދުވަސް ކަމުގައި ކަނޑައަޅުއްވާފައެވެ.

މިފަހަރު ޝައްވާލް މަހަށް ހަނދު ބެލުމުގައި އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރިއިރު، ފަލަކީ އިލްމުވެރިން ބުނާގޮތުގައި ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މިއަދުގެ އިރު އޮއްސުމަށްފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ. ކަލަންޑަރުގައި ވެސް ފިޠުރު ޢީދު ކަމަށް ކަނޑައަޅާފައިވަނީ އަންނަ ހޯމަ ދުވަހެވެ.

ރާއްޖެއިން ހަނދު ސާބިތު ކުރުމުގައި މީގެކުރިން ވެސް އަމަލުކުރާ އުސޫލަކީ ރާއްޖެއަށް ހަނދު ނުފެނުނު ކަމުގައިވީ ނަމަވެސް އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ހަނދު ސާބިތުވީ ކަމަށް ބެލުމެވެ. ސަޢުދީ ޢަރަބިއްޔާ ހިމެނޭހެން އިސްލާމީ ބޮޑެތި ޤައުމުތަކުން ވަނީ މާދަމާއަކީ މިއަހަރުގެ ފިޠުރު އީދު ދުވަސްކަމަށް ކަނޑައަޅާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments