ފޮނަދޫ ބޮޑު ޖަމާޢަތުގައި އިމާމުވެ އީދު ނަމާދުކުރެއްވީ މަޖިލިސް ރައީސް
Fonadhoo bodu jamaa'athugai imaamuve Eid namaadhu kurehvee majilis raees

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދު ﷲ ލ.ފޮނަދޫ ބޮޑު ޖަމާޢަތުގައި އިމާމުވެ އީދު ނަމާދު ކުރައްވައިފިއެވެ.
އަބްދުއްރަޙީމް އިމާމުވެ އީދު ނަމާދުކުރައްވާފައިވަނީ އެމަނިކުފާނުގެ އުފަން ރަށުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރެވުނު ބޮޑު ޖަމާއަތުގައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތްފަހުން އިމާމްވެ ޢީދު ނަމާދު ކުރެއްވެވި ފުރަތަމަ ފަހަރެވެ.
އެމަނިކުފާނު ވަނީ މީގެ ދެހަފްތާ ކުރިން އިމާމްވެ ހުކުރު ނަމާދެއްވެސް ކުރައްވާފައެވެ. އެމަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރު ކުރުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.މީގެ ކުރިންވެސް، އެމަނިކުފާނު ފޮނަދޫގައި އިމާމުވެ، ހުކުރު ކުރައްވައެވެ. ނަމަވެސް، އިމާމުވެ ނަމާދު ކުރެއްވުމާ ދުރަށް ވަޑައިގަތީ ސިޔާސީ މަސައްކަތުގައި އަވަދިނެތި އުޅުއްވަން ޖެހިވަޑައިގަތުމުންނެވެ.