ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓުގެ ފުރަތަމަ މޮޅު ރޯސް އަށް

WDC Futsal Tournament ge furathama molhu Rose ah

ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދާ ”ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓު 2025“ ގެ ފުރަތަމަ މޮޅު ރޯސް އިން ހޯދައިފިއެވެ.

ގަމަށް ނިސްބަތްވާ އަންހެން ކަނބަލުންނަށް ހާއްސަ މި މުބާރާތް ފަށާފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރީ ލާމު ބްލޫސް އާއި ރޯސް އެވެ.

ތުނޑީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އާމިނަތު ރޫޔާ ރާޒީ ވަނީ ލަނޑު ޖަހައި ރޯސް އަށް ކުރިހޯދަދީފައެވެ. މިއީ މި މުބާރާތުގެ ފުރަތަމަ ލަނޑެވެ. މިއާއެކު، ރޯސް އިން ވަނީ ލާމު ބްލޫސް އަތުން ހަނި މޮޅެއް ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޯސްގެ ފާތިމަތު ސަމާހަތު އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) އާއި ބެސްޓް ސްޕޯޓްސް ކްލަބެވެ. މި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. ލަސާ އިން ވަނީ މޮޅު ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް، ބެސްޓުގެ ކީޕަރު، އާއިޝަތު މާޖިދާ (މާޖީ) ވަނީ އެޕެކްސްގެ ހަމަލާތައް ހުއްޓުވާފައެވެ. މިއާއެކު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޖީ އެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލަސާ އާއި ލާމު ބްލޫސް އެވެ. އަދި ދެވަނަ މެޗުގައި ރޯސް ނިކުންނާނީ ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments