ޖީސީއާރުސީ ބަލިކޮށް ބެސްޓް ފައިނަލާ ގާތަށް

GCRC balikoh BEST final aa gaathah

ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓް 2025 ގައި ރޭ 4-0 ގެ ނަތީޖާއަކުން ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) ބަލިކޮށް، ބެސްޓް ސްޕޯޓްސް ކްލަބް ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ބެސްޓް ވަނީ އެއްވަރުވެފައެވެ. އެ ޓީމުން ވަނީ ޖެހިގެން އައި ދެ މެޗު ކާމިޔާބުކޮށް، ޖުމްލަ ހަތް ޕޮއިންޓު ހޯދާފައެވެ. ލީގު ބުރުގެ ފަހު މެޗުގައި ބެސްޓް ނިކުންނާނީ ރޯސް އާ ދެކޮޅަށެވެ. ރޯސް އަށް ތިން މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު، މި ދެ ޓީމުގެ މެދުގައި 15 ލަނޑުގެ ފަރަގެއް އެބަ އޮތެވެ. މިއާއެކު، ބެސްޓަށް ފައިނަލުން ޖާގަ ނުލިބޭނެ ހަމައެކަނި ގޮތަކީ، ރޯސް އަތުން އަށް ލަނޑު ނުވަތަ އެޔަށްވުރެ ތަފާތު ބޮޑުކޮށް ބަލިވުމެވެ.

ތުނޑީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ފާތިމަތު މަޒިއްޔާ ވަނީ ލަނޑު ޖަހައި ބެސްޓަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް، ޖީސީއާރުސީން ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ.

ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ހައްވާ ޝާއިގާ ވަނީ ދެ ލަނޑު ޖަހައި ބެސްޓަށް ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު، މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ސުމައްޔާ ބިންތި އަބްދުލް ހަމީދެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބެސްޓާއި ރޯސް އެވެ. އަދި ދެވަނަ މެޗުގައި ޖީސީއާރުސީ ނިކުންނާނީ ލާމު ބްލޫސް އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments