މާވަށް ހިމެނޭހެން 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމި ހުރި މަސައްކަތް ކުރަން ހަވާލުކޮށްފި
Maavah himeneyhen 18 rashehge school thakugai nunimi huri masakkaiy kuran havaalu kohfi

ލ. މާވަށް ހިމެނޭހެން ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރަން ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ކުރަން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މީގެތެރެއިން 15 ރަށުގެ ސްކޫލްތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހާވލުކުރީ އެމްޓީސީސީއާއެވެ. އޭގެތެރޭގައި، ލ. މާވަށް ހިމެނެއެވެ.
މިކުންފުނިތަކާ މަސައްކަތް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސައުދީއެވެ.
މި މަޝްރޫއުތަކުގެ އަގު ޖުމުލަ 114.9 މިލިއަން ރުފިޔާއަށް އަރައެވެ.