އިސްދޫގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ކޭމްޕެއް ބާއްވަނީ
Isdhoo gai nafsaanee bali thakah haahsa camp eh baahvanee

ލ. އިސްދޫގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ އިސްދޫ ކައުންސިލާއި މެޑްނޯވާ މެޑިކަލް ކްލިނިކްއާ ގުޅިގެން ބާއްވާ ކޭޕްމެކެވެ. މި ކޭމްޕް ކުރިއަށް ދާނީ މިމަހު 17 އިން ފެށިގެން 19ގެ ނިޔަލަށެވެ. މި ކޭމްޕްގައި ސައިކޮލޮޖިކަލް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ކައުންސެލިން ފަދަ ޚިދުމަތްތައް ދެވޭނެއެވެ.
މި ކޭމްޕްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އޯޓިޒަމް، ސްޕީވް ޑިލޭ، ޑިޕްރެޝަން، ލާރނިންގް ޑިފިކަލްޓީ، އޭ.ޑީ.އެޗް.ޑީ، ސްޓްރެސް އަދި އެންޒައިޓީ ފަދަ ބަލިތައް ހިމެނެއެވެ. މި ކޭމްޕްގައި ބައިވެރިވުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅާނީ 9699274 އަދި 3314466 އަށެވެ.