ބޯކޮށް ވާރޭ ވޭހި ގަމާއި ފޮނަދޫގައި ފެންބޮޑުވެއްޖެ

Boakoh vaarey vehi gamaai fonadhoo gai fenboduvehje

ބޯކޮށް ވާރެވެހި ލާމު ގަމާއި ފޮނަދޫގައި ފެންބޮޑުވެއްޖެއެވެ.

ބޯކޮށް ވާރޭވެހި، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެ ކޮމާންޑްގެ ސިފައިން ދަނީ ލ.ފޮނަދޫގައި ފެންބޮޑުވެގެން ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލ.ގަމަށް ވެސް އެހީތެރިވުމުގެ ގޮތުން އެ ރަށު ކައުންސިލަށް ވަނީ ގޯނި ހަވާލުކޮށްފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހަވީރު 05:00 އިން މިރޭ 23:00 އާ ހަމައަށް މާލެ އަތޮޅުން ފެށިގެން ލާމު އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މި ވިއްސާރައަކީ ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށެވެ. ވިއްސާރަ އަލިވާނެ ކަމަށް އެ އިދާރާއިން ލަފާކުރަނީ އަންނަ ހުކުރު ދުވަހަށެވެ.ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments