ނަރުދަމާ ޕަމްޕުތަށް ނުލިބުމުގެ ސަބަބުން ފޮނަދޫ ބައެއް ހިސާބު ތަކުން ނަރުދަމާ ހިދުމަތް މެދުކެނޑިއްޖެ
Pump thah nulibumun Fonadhoo baeh hisaabuthakun narudhamaa hidumai medhukendijje

ނަރުދަމާ ވަޅުގަނޑުތަށް ހިއްކަން ބޭނުންކުރާ ޕަމްޕުތަށް ހަލާކުވެ ގާދޫ އިން ފޮނަދޫއަށް ބަދަލުކުރި މީހުން އުޅޭ ކުރިގަމް އަދި ބަރާސިލް ނަރުދަމާ ހިދުމަތް މެދުކެނޑިއްޖެ އެވެ.
މި ދެކޮޅުގައި ހަދާފައިވާ ނަރުދަމާ ޕަމްޕު ސްޓޭޝަން ހިންގަން ބޭނުން ކުރަނީ 1 ޕަމްޕު ދެކޮޅަށް ބަދަލު ކުރަމުނެވެ. މިގޮތަށް މިޕަމްޕު ސްޓޭޝަން ތަށް ހިންގާތާ ހަފްތާއެއް ވަރު ވެދާނެ ކަމަށް ލާމު އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ދެސްޓޭޝަން އަކީ 130 ވަރަކަށް ގޭގެ ނަރުދަމާ ހިދުމަތް ދެމުން ގެންދާ ސްޓޭޝަން ތަކެކެވެ.
މި ހިދުމަތް މެދުކެނޑިފައިވަނީ މި ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ޕަމްޕު ސްޓޭޝަންތައް ކައިރީގައި ފެން ބޮޑުވެ ނަރުދަމާ ވަޅުގަނޑުތަކަށް ފެން އެޅި ވަޅުގަނޑުތައް ފުރުމުންނެވެ. އާނމުކޮށް ކުރާ ވިއްސާރަ ތަކުގައިވެސް ނަރުދަމާ ހިދުމަތަށް ބުރޫއަރާ ކަމަށް ވަނީ ލާމު އެމްވީ އަށް މައުލޫމާތު ލިބިފައި އެވެ.
ޕަމްޕު ތަށް ހަލާކުވެގެން ފެނަކަ ހެޑް އޮފީހަށް ފޮނުވިތާ 4 ވަރަކަށް މަސް ވެދާނެކަމަށް ލާމު އެމްވީ އަށް ވަނީ މައުލޫމާތު ލިބިފައިެވެ. ހެޑް އޮފީހުން މެމްބްރައިން ފޮނުވުން ލަސްވެގެން ދާދި ފަހުން ފެން ޕްލާންޓުން ފެން ހުސްވެ ރަށުން ފެނުގެ ހިދުމަތްވެސް ވަނީ ކެނޑިފައިެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ހަފުތާއަކީ ބޯކޮށް ވާރޭ ވެހޭނެ ހަފުތާއެކެވެ. ޕަމްޕުތަށް ނެތި މިހެން ވެއްޖެކަމަށް ވާނަމަ ވަޅުގަނޑުތަށް ފުރި މަގުމައްޗައް ނަޖިސް ލީކުވެދާނެކަމަށް ލަފާ ކުރެވެއެވެ.
މިކަމާއި ގުޅިގެން ފޮނަދޫ ބްރާންޗް ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުލް މުހުސިން އަށް ގުޅާލުމުން ވިދާލުވީ މިއީ ތެދެއް ކަމަށާއި، ޕަމްޕު ހޯދަން ހެޑް އޮފީހަށް ވެސް ވާނީ އަންގާފައި ކަމަށެވެ. ވަޅުގަނޑުތަށް ފުރިގެން ނަޖިސް ލީކުވިނަމަވެސް ޕަމްޕުތަށް ނުލިބޭނަމަ ފޮނަދޫ ބުރާންޗުން އެކަމަށް ކުރެވޭނެ އެއެއްވެސް ކަމެއް ނެތްކަމަށްވެސް މުހުސިން ވިދާޅުވިއެވެ.